logoEN
WAMCO TOP 1
ޒަމާނީ ޑޭޓަރ ސެންޓަރެއް އުޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި - އިހްސާން

ޒަމާނީ ޑޭޓަރ ސެންޓަރެއް އުޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި - އިހްސާން

އަހުމަދު ޝުރާއު

logo

6/29/2026, 7:50:35 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހޮސްޓުކުރުމަށް އެއްމެ ޒަމާނީ ޑޭޓަރ ސެންޓަރެއް އުޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެމަނިކުފާނު މިފަދައިން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީދުވަހުގެ ރަސްމީ ޖަލްސާގާއި ވާހަކަ ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓާއި، އެހީއަށްއެދި ގުޅާފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ގޮތާއި އެހިސާބެއްގައި ހަރުކުރެވިފައިވާ ފުލުހުންގެ ކެމެރާފީޑްތައް ވަގުތުން ފެންނަގޮތަށް ސިސްޓަމް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށެވެ.

އަދުގެ ސަރުކާރުން ދިވެހި ފުލުހުންނަށް ދީފައިވާ ސްޓްރެޓެޖިކް ޕޮލިސިންގ ރިކުއަރމަންޓާއި އެއްގޮތަށް ފުލުހުންގެ މުއައްސަސާގެ ސަފުތައް މިހާރުވަނީ ރުކުރުވާލެވިފައިކަން ފާހަގަކުރައްވާ ވަޒީރު ވަނީ ކުރިއަށްއޮތް އަހަރު ވެގެންދާނީ މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެ ފުލުހުންކުރާ މަސައްކަތް އިތުރު ގިއަރަކަށް ބަދަލުކޮށް އިތުރު ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އެއްމެ އަގުބޮޑު ރައުސުލްމާލަކީ ދިވެހި ރައްޔިތުން މުއައްސަސާއަށް ކުރައްވާ އިތުބާރު ކަމަށާއި މި އިތުބާރު ދެމިއޮންނަނީ ފުލުހުންގެ އިންޓެގްރިޓީ އާއި ހަމަހަމަކަމާއި، ޒިއްމާދާރުކަމާއި، ޕްރޮފެޝަނަލިޒަމް އަދި ރައްޔިތުންނަށް ދެއްވާ އިޚްތިރާމުން ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC