logoEN
WAMCO TOP 1
ދެ ސުކޫލެއްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

ދެ ސުކޫލެއްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

އަހުމަދު ޝުރާއު

logo

6/29/2026, 9:51:43 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ދ.އަތޮޅު ތައުލީމީ މަޒުކަޒާއި މ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

THE TRAVELLER AD

މި ދެ ޕްރޮގްރާމްގެ ތެރެއިން، ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖޫން 25 ވަނަ ދުވަހުއެވެ. ދ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ.

މި ރަސްމިއްޔާތުގައި މާލެ ޕޮލިސް ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރާއި، ދ.އަތޮޅު ތައުލީމީ މަޒުކަޒުގެ ޕްރިންސިޕަލް އާލިމާ މުޙައްމަދާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އޮފިސަރުންގެ އިތުރުން ސުކޫލުގެ އިސްވެރިން ބައިވެރިވެ ލެއްވިއެވެ.

މި ރަސްމިއްޔާތުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި، ގާނޫން ތަންފީޒުކުރުމަކީ ހަމައެކަނި ފުލުހުން މަގުމައްޗަށް ނުކުމެ ކާމިޔާބު ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި، އެންމެން އެކުގައި މަސައްކަތްކޮށްގެން މެނުވީ މަގުމަތި ތަރުތީބު ނުވާނެކަމަށާ އަދި އެ ރަށެއްގެ ތަރައްގީއާއި ތަހުޒީބުގެ މަތިވެރި މަންޒަރަކީ މަގުމަތި ތަރުތީބު ވެގެންދާތަން ފެނުން ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، ދަރިވަރުންނަށް ދެއްވި ހާއްސަ މެސެޖުގައި، ނަފުސު ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އެގޮތުން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ގޮތްނޭނގޭ ފަރާތްތަކާ މުއާމަލާތު ނުކުރުމަށާއި، އަމިއްލަ ކޮންޓްރޯލް ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، އެހެން މީހެއްގެ ބާރުގެ ދަށަށް ގެއްލިގެން ނުދިޔުމަށާއި، ސޯޝަލް މީޑިއާ ނަހަމަގޮތުގައި ބޭނުން ކުރެވިއްޖެނަމަ ފަހުން އޭގެ ނަތީޖާ ގޯސްވެގެން ދިޔުމަކީ އެކަށީގެންވާކަމެއް ކަމުގައި ވިދާޅުވިއެވެ.

މި ހިނގާ ޖޫން މަހުގެ 20 އިން 25 އަށް ދ.އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގައި ޖުމުލަ 35 ދަރިވަރުން ބައިވެރިވެ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ.

މ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަަސްމިއްޔާތު ބާއްވާފައިވަނީ ޖޫން 24 ވަނަ ދުވަހުއެވެ. އެ މަދަރުސާގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙުއެވެ. މި ރަސްމިއްޔާރުގައި، މާލޭ ޓްރެފިކް ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އިމްރާނާއި، މ.އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސަލީމާއި، މ.އަތޮޅު ތައުލީމީ މަޒުކަޒުގެ ޕްރިންސިޕަލް އަހްމަދު ނާހިދުއާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އޮފިސަރުންގެ އިތުރުން ސުކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ހިނގާ ޖޫން މަހުގެ 20 އިން 24 އަށް މ.އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގައި 32 ދަރިވަރުން ބައިވެރިވެ ކާމިޔާބުކަމާއެކު ޕްރޮގްރާމު ފުރިހަމަކޮށްފައިވެއެވެ.

ޓްރެފިކް މޮނިޓާސް ޕްރޮގްރާމަކީ ސުކޫލު ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމުރީނުކުރުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން މައުލޫމާތު ދިނުމުގެ ކުލާސްތަކާއި އަމަލީ ތަމްރީންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތާއި، ސުކޫލު ސަރަހައްދުގައި ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނޭ ގޮތްތައް ދަސްކޮށް ދީފައިވެއެވެ. އަދި މުއާމަލާތުކުރުމުގެ ރިވެތިގޮތްތައް ވެސް މި ޕްރޮގުރާމުގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC