logoEN
WAMCO TOP 1
ތާރީޚީ ތަރިކަތައް ހިމާޔަތްކުރަން ފުލުހުންގެ އެއްބާރުލުން ހޯދުމަށް ވަޒީރު ހީނާ ވަލީދު، ސީޕީއާ ބައްދަލުކުރައްވައިފި

ތާރީޚީ ތަރިކަތައް ހިމާޔަތްކުރަން ފުލުހުންގެ އެއްބާރުލުން ހޯދުމަށް ވަޒީރު ހީނާ ވަލީދު، ސީޕީއާ ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

6/30/2026, 9:08:42 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ އާސާރީ އަދި ތާރީޚީ ތަރިކަތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

THE TRAVELLER AD

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި މިއަދު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި ޕާމަނަންޓް ސެކްރެޓަރީ ޔާނިއު ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ތަރިކައާބެހޭ ވުޒާރާއާ ދެމެދު ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. ޚާއްސަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހުރިފައިވާ ތާރީޚީ އަދި ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި، މުޖުތަމައުގެ އެހީތެރިކަމާއެކު ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.

ހަމައެއާއެކު، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަކޮށް، ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައާއި، ޒަމާންވީ އާދަކާދަތަކާއި، އަދި ދިވެހިވަންތަ އުސޫލުތައް ދަމަހައްޓައި އާލާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ގައުމުގެ އަމިއްލަވަންތަކަން ދިރުވައި އާލާކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ދެ ފަރާތުންވެސް ގަބޫލުކުރެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ވަޒީރު ހީނާ ވަލީދަށާއި އެކަމަނާގެ ވަފުދަށް މަރުހަބާ ދަންނަވައި، ގައުމުގެ ސަގާފީ އަދި ތާރީޚީ ތަރިކަ ހިމާޔަތްކުރުމުގައި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާއެކު ފުލުހުން އަބަދުވެސް ގާތުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ. އަދި އަންނަން އޮތް ޖީލުތަކަށް ގައުމުގެ އަމިއްލަވަންތަކަމާއި ތާރީޚު ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ ގައުމީ މަސައްކަތްތަކުގައި ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC