logoEN
WAMCO TOP 1
އަބީޝެކް 26 އަހަރުވީ ކާމިޔާބު ފިލްމީ ދަތުރު!

އަބީޝެކް 26 އަހަރުވީ ކާމިޔާބު ފިލްމީ ދަތުރު!

ސާރާ އަހުމަދު

logo

7/3/2026, 9:00:00 AM

# ބޮލީވުޑް

--

ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން، ހިންދީ ސިނަމާގައި 26 އަހަރު ފުރިހަމަކުރުމާ ގުޅިގެން އޭނާގެ ފިލްމީ ހަޔާތުގެ ތަޖުރިބާތަކާއި އަމިއްލަ ނަފްސަށް އައި ބަދަލުތައް ހިއްސާކޮށްފިއެވެ.

THE TRAVELLER AD

ކަރީނާ ކަޕޫރާއެކު "ރެފިއުޖީ" އިން ފިލްމީ ދާއިރާއަށް ނުކުތް އަބީޝެކް ގަބޫލުކުރާ ގޮތުގައި، މި ދިގު ދަތުރުގައި އޭނާއަށް އައި އެންމެ ބޮޑު ބަދަލަކީ ކެމެރާގެ ކުރިމަތީގައި މަސައްކަތްކުރަން މިހާރު ފަސޭހަވެ، ހަމަޖެހިލެވުމެވެ.

އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އަބީޝެކް ބުނީ، ކެރިއަރުގެ ކުރީކޮޅުގައި ފިލްމުތައް ލިބޭނެތޯ ނުވަތަ ނޫންތޯ އޮންނަ ބިރާއި ނުތަނަވަސްކަމުގެ ސަބަބުން ދިމާވާ ކޮންމެ ފިލްމެއް ވެސް ކުރިން ކުޅެވުނު ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ 5 ނުވަތަ 7 އަހަރުގެ ކުރަން ބޭނުންނުވާ ކަންކަމާ މެދު ސީދާ ގޮތެއް ނިންމަން އެނގޭ ކަމަށެވެ.

އަމިއްލަ ނަފްސުގެ ނުތަނަވަސްކަމާ ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، އެހެން އެކްޓަރުން ކުރާ ކަންކަމާ މެދު އޭނާ ދުވަހަކުވެސް ހަސަދަވެރި ނުވާ ކަމަށެވެ. ނަމަވެސް، އަމިއްލަ ގާބިލުކަމާ މެދު، "މި ރޯލު އަހަންނަށް އެންމެ ފުރިހަމައަށް ކުޅެވޭނެބާ؟" އޭ ހިތަށްއަރައި ކޮންމެ އެކްޓަރަކަށް ވެސް ކުރިމަތިވާ ކަހަލަ ސުވާލުތައް އޭނާގެ ހިތުގައި ވެސް އުފެދޭ ކަމަށެވެ.

އަބީޝެކް ވަނީ އޭނާގެ ކެރިއަރުގައި "ގުރޫ"، "ޔުވާ"، "ބަންޓީ އައުރް ބަބްލީ" އަދި "ދޫމް" ފަދަ މަގުބޫލު ފިލްމުތަކެއް ކުޅެފައެވެ.

އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ސިއްދާތު އާނަންދު ޑައިރެކްޓްކުރާ، ޝާހްރުކް ޚާންގެ އެކްޝަން ފިލްމު "ކިންގް" އިންނެވެ. މި ފިލްމުގައި ސުހާނާ ޚާން، ދީޕިކާ ޕަދްކޯން އަދި އަނިލް ކަޕޫރު ވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ.

ކޮމެންޓް
ފަހުގެ
HDC