logoEN
WAMCO TOP 1
އޮސްކާއަށް ނޮމިނޭޓުވި "ލަގާން" ގެ ރިހި ޔޫބީލް ފާހަގަކުރަން އާމިރު ޚާން އޮސްޓްރޭލިއާއަށް!

އޮސްކާއަށް ނޮމިނޭޓުވި "ލަގާން" ގެ ރިހި ޔޫބީލް ފާހަގަކުރަން އާމިރު ޚާން އޮސްޓްރޭލިއާއަށް!

ސާރާ އަހުމަދު

logo

7/1/2026, 5:00:15 PM

# ބޮލީވުޑް

--

އިންޑިއާގެ ސިނަމާގެ ތާރީޚު ބަދަލުކޮށްލި ފިލްމު "ލަގާން" ރިލީޒްކުރިތާ 25 އަހަރު ފުރުން ފާހަގަކުރުމަށް، އެ ފިލްމުގެ އެކްޓަރު އަދި ޕްރޮޑިއުސަރު އާމިރު ޚާން އޮސްޓްރޭލިއާގެ މެލްބަންގައި ބާއްވާ ޚާއްޞަ ސްކްރީނިންގްއެއްގައި ބައިވެރިވާން ހަމަޖެހިއްޖެއެވެ.

THE TRAVELLER AD

މި ހަރަކާތަކީ މެލްބަންގެ އިންޑިއަން ފިލްމު ފެސްޓިވަލްގެ 17 ވަނަ އެޑިޝަން ފެށުމުގެ ގޮތުން ބާއްވާ ކާޓަން ރެއިޒާ ހަފްލާއެކެވެ.

ޖުލައި 9 ގައި މެލްބަންގެ މަޝްހޫރު އޭސީއެމްއައި ސިނަމާގައި ބާއްވާ މި ހަފްލާގައި އާމިރު ޚާން ބައިވެރިވެ، ފެސްޓިވަލް ރަސްމީކޮށް ފަށައިދޭނެއެވެ.

މި ފެސްޓިވަލްގެ މައިގަނޑު ހަރަކާތްތައް ކުރިއަށްދާނީ އޮގަސްޓް 13 އިން 23 އަށެވެ.

"ލަގާން" އަކީ އޮސްކާ އެވޯޑްސްގެ 'ބެސްޓް ފޮރިން ލޭންގުއޭޖް ފިލްމު' ކެޓަގަރީން ނޮމިނޭޝަން ހޯދި އިންޑިއާގެ ތިންވަނަ ފިލްމެވެ. މި ފިލްމުގެ 25 އަހަރު ފުރުން ފާހަގަކުރުމަށް ލަންޑަން އިންޑިއަން ފިލްމު ފެސްޓިވަލްގައި ވެސް ޖުލައި މަހު އާމިރު ޚާން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

2001 ވަނަ އަހަރު ނިކުތް އަދި އަޝުތޯޝް ގޮވަރިކަރް ޑައިރެކްޓްކުރި "ލަގާން" ބިނާވެފައިވަނީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިންޑިއާގެ އަވަށެއްގެ ދަނޑުވެރިން، އެމީހުންގެ އަތުން ނަގާ ބޮޑު ޓެކްސް ކުޑަކުރުމަށްޓަކައި އިނގިރޭސި އޮފިސަރުންނާ ދެކޮޅަށް ކުޅޭ ކްރިކެޓް މެޗެއްގެ މައްޗަށެވެ. މި ފިލްމުގައި އާމިރު ޚާންގެ އިތުރުން ގްރޭސީ ސިންގް، ރޭޗަލް ޝެލީ އަދި ޕޯލް ބްލެކްތޯން މުހިންމު ރޯލުތައް ކުޅެފައިވެއެވެ.

ފެސްޓިވަލްގެ ޑައިރެކްޓަރު މިޓޫ ބޯމިކް ލާންގޭ ބުނިގޮތުގައި، މިއަހަރުގެ ފެސްޓިވަލް "ލަގާން" ފަދަ ނުފޫޒުގަދަ ފިލްމެއްގެ ރިހި ޔޫބީލްއިން ފެށުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC