logoEN
WAMCO TOP 1
19 އަހަރަށްފަހު އިމްރާން ހާޝްމީ 'ޝިވަމް ޕަންޑިތު' ގެ ރޯލުން އެނބުރި އަންނަނީ

19 އަހަރަށްފަހު އިމްރާން ހާޝްމީ 'ޝިވަމް ޕަންޑިތު' ގެ ރޯލުން އެނބުރި އަންނަނީ

ސާރާ އަހުމަދު

logo

7/3/2026, 8:53:00 AM

# ބޮލީވުޑް

--

ބޮލީވުޑްގެ ކްލާސިކް ފިލްމު "އަވާރަޕަން" ރިލީޒްކުރިތާ 19 އަހަރު ފަހުން، އޭގެ ދެވަނަ ބައި "އަވާރަޕަން 2" ގެ ޓީޒާ ދައްކާލާއިފިއެވެ.

THE TRAVELLER AD

1 މިނެޓާއި 45 ސިކުންތުގެ މި ޓީޒާއިން ފެނިގެންދަނީ އެކްޓަރު އިމްރާން ހާޝްމީ އޭނާގެ ހަޔާތުގެ އެންމެ މަގުބޫލު އެއް ކެރެކްޓަރު ކަމަށްވާ 'ޝިވަމް ޕަންޑިތު' ގެ ރޯލުން އެނބުރި އަންނަ މަންޒަރެވެ.

"ވިޝޭޝް ފިލްމްސް" އިން އުފައްދާ މި ސީކުއަލްއިން ވެސް ފުރަތަމަ ބައިގެ ތަފާތު މިއުޒިކާއި، އެކްޝަން އަދި އަސަރުގަދަ ލޯބީގެ ވާހަކަ ދައްކުވައިދޭނެއެވެ.

ޓީޒާ ފެށިގެންދަނީ އިމްރާން ހާޝްމީ ސައިކަލެއް ދުއްވާފައިދާ މަންޒަރަކުންނެވެ. އޭނާގެ އަޑުން އިވޭ ޑައިލޮގްތަކާއި، ފުރަތަމަ ބައިގެ މަގުބޫލު ލަވަ "ތޯ ފިރް އާއޯ" ގެ އާ ރީމިކްސް ބެކްގްރައުންޑުން އިވުމުން ބެލުންތެރިންނަށް މިއީ ވަރަށް އަސަރުގަދަ ޓީޒާއަކަށް ވެގެންދެއެވެ.

ނިތިން ކައްކަރް ޑައިރެކްޓްކުރާ އަދި ބިލާލް ސިއްދީގީ ލިޔެފައިވާ މި ފިލްމުން އިމްރާންގެ އިތުރުން ދިޝާ ޕަޓާނީ، ޝަބާނާ އަޒްމީ އަދި އަތުލް ކުމާރު މުހިންމު ރޯލުތަކުން ފެންނާނެއެވެ.

"އަވާރަޕަން 2" ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް 14 ވަނަ ދުވަހުއެވެ.

Watch on YouTube

ކޮމެންޓް
ފަހުގެ
HDC