logoEN
WAMCO TOP 1
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ސްޓެލްކޯއާއި ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ސްޓެލްކޯއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

6/18/2026, 11:29:03 AM

# ސްޓެލްކޯ

-

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކްގެ އެންމެހައި ކަންކަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ރަސްމީކޮށް ހަވާލުކޮށްފި އެވެ.

THE TRAVELLER AD

މި ކަމާއި ގުޅިގެން އެ ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިއަދު ތާރީޚީ ފަހުމުނާމާއެއްގައިވަނީ ސޮއިކޮށްފައި އެވެ.

މި އެއްބަސްވުމުގެ ސަބަބުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަކަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެ، ކުންފުނީގެ ބެލުމުގެ ދަށުން ނެޓްވޯކް ހިންގާ ބެލެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. ސްޓެލްކޯގެ މައި މަރުކަޒުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރެޓަޔަޑް) ޢަލީ ޒުހައިރު އެވެ.

ކަރަންޓު ނެޓްވޯކާ ޙަވާލުވުމުގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިމާވެދާނެ ކަރަންޓުގެ ކުއްލި ޙާލަތްތަކަށް އަވަސް ފިޔަވަޅު އެޅުމަށްޓަކައި، ސްޓެލްކޯގެ ޚާއްޞަ "އެމަޖެންސީ ރެސްޕޮންސް ސެންޓަރެއް" ޤާއިމްކުރުމަށް ބޭނުންވާ ބޮޑު ޖާގަވެސް އެޗްޑީސީގެ ފަރާތުން މިއަދު ވަނީ ސްޓެލްކޯއާ ރަސްމީކޮށް ޙަވާލުކޮށްފައެވެ. މި ސެންޓަރު ޤާއިމުވުމުން ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުން ފަދަ މައްސަލަތައް ކުރިމަތިވާ ވަގުތުތަކުގައި، މާލެއިން ނުވަތަ ފުރަތަމަ ފިޔަވަހިން މުވައްޒަފުން އަންނަންދާން ނަގާ ވަގުތު ސަލާމަތްވެ، ވަގުތުން ވަގުތަށް މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު ސްޓެލްކޯގެ ޓެކްނިކަލް ޓީމަށް ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ދެ ކުންފުނީގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުންނާއި ހުޅުމާލޭގެ މަގުތައް އަލިކުރުމަށް އެޗްޑީސީއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ސްޓެލްކޯގެ ފަރާތުން އެޗްޑީސީއަށް ގިނަ އަދަދެއްގެ ލައިޓް ޕޯސްޓްތަކެއް (މަގުބައްތި ޖަހާ ހޮޅިބުރި) ވެސް ހަދިޔާކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC