
ވޯލްޑްކަޕް: މޮރޮކޯ އަތުން ބަލިވެ ނެދަލޭންޑްސް މުބާރާތުން ކަޓައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026ނެދަލޭންޑްސް އާއި މޮރޮކޯ ވާދަކުރި މެޗުގެ ތެރެއުން
ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 32ގައި ރޭ މޮރޮކޯ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން ބަލިވެ ނެދަލޭންޑްސް މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 32 އިން މޮރޮކޯ ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ނެދަލޭންޑްސް މުބާރާތުގެ ރައުންޑް އޮފް 32 އިން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު އެންމެ ފަހުން 2017 ވަނަ އަހަރު ވާދަކުރި މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނެދަލޭންޑްސް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި މޮރޮކޯ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނެދަލޭންޑްސް އިންނެވެ.
މިލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކޯޑީ ގައްޕޯ އެވެ. އަދި މޮރޮކޯ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އީސާ ޑިއޮޕްއެވެ. އަދި މިލަނޑާއެކު މެޗުގެ 90 މިނެޓު ހަމަވެ އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ކުޅުން ވެސް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މޮރޮކޯގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމުން ތިން ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، ނެދަލޭންޑްސް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީއެވެ.
މިނަތީޖާއެކު މުބާރާތުގެ ރައުންޑް އޮފް 16 ގައި މޮރޮކޯ އިން ވާދަކުރަން ޖެހޭނީ މުބާރާތުގެ ރައުންޑް އޮފް 32 ގައި ސައުތު އެފްރިކާ ބަލިކުރި ކެނަޑާ އާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:00 ގައެވެ.
ގުޅުންހުރި

ވޯލްޑްކަޕް: މޮރޮކޯ އަތުން ބަލިވެ ނެދަލޭންޑްސް މުބާރާތުން ކަޓައިފި

ވޯލްޑްކަޕް: ޕެނަލްޓީގައި ޕެރަގުއޭ އަތުން ބަލިވެ ޖަރުމަނު މުބާރާތުން ކަޓައިފި

ވޯލްޑްކަޕް: ފަހަތުން އަރައި ބްރެޒިލް އިން ޖަޕާން ބަލިކޮށްފި




