logoEN
WAMCO TOP 1
މާލޭގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި؛ ދުމުގެ އަސަރުކޮށްގެން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ!

މާލޭގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި؛ ދުމުގެ އަސަރުކޮށްގެން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ!

އަހުމަދު ޝުރާއު

logo

6/30/2026, 5:39:59 AM

# އެމްއެންޑީއެފް

-

މާލޭ މއ. ސުއްކަތުރާގޭގައި މިއަދު ހެނދުނު ކުއްލިގޮތަކަށް ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލެ ފަޔަރ ސްޓޭޝަނުން އެއްކޮށް ނިއްވާލައިފިއެވެ.

THE TRAVELLER AD

މިހާދިސާ ހިނގި ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް ކުރި މަސައްކަތުން، އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުގޮސް ވަނީ ނިއްވާލާފައި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި އަލިފާނުގެ ހާދިސާގެ ރިޕޯޓް މިއަދު ހެނދުނު 09:42 ހާއިރު މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ސިފައިންގެ ފަޔަރފައިޓަރުން ވަނީ ގޭގެ ތެރެއަށް ވަދެ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިން ކުރި ބުރަ މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 10:12 ހާއިރުއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ގޭގެ ތެރޭގައި ބަހައްޓާފައި ހުރި ކަބަޑު ސެޓެއްގައި ކުއްލިއަކަށް އަލިފާން ހިފުމުގެ ސަބަބުންނެވެ.

އަލިފާންގަނޑާއެކު މުޅި ގޭތެރެއަށް ވަރަށް ބޮޑަށް ދުންގަނޑު ފެތުރިގެންދިޔައިރު، މި ހާދިސާގައި އެ ގޭގައި ހުރި އެކަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން، އިތުރު ފަރުވާ ދިނުމަށްޓަކައި ވަގުތުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ކޮމެންޓް
ފަހުގެ
HDC