logoEN
WAMCO TOP 1
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ބޭރުގެ ދެ މަސްބޯޓެއް ކޯސްޓްގާޑުން ހުއްޓުވައި ބަލައިފާސްކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ބޭރުގެ ދެ މަސްބޯޓެއް ކޯސްޓްގާޑުން ހުއްޓުވައި ބަލައިފާސްކޮށްފި

އަހުމަދު ޝުރާއު

logo

6/26/2026, 11:11:27 AM

# އެމްއެންޑީއެފް

-

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން (އީއީޒެޑް) ދަތުރުކުރަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަނުން ހުއްޓުވައި ބަލާފާސްކޮށްފިއެވެ.

THE TRAVELLER AD

ކޯސްޓްގާޑުން މި އޮޕަރޭޝަން ހިންގާފައިވަނީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ދަތުރުފަތުރާއި ސަލާމަތީ ކަންކަމަށް ރައްކާތެރިކޮށް ބޭއްވުމަށް ސިފައިން ކުރަމުންދާ ނިޒާމީ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި ދެ އުޅަނދު ހުއްޓުވައި ބަލާފާސްކޮށްފައިވަނީ، ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ ހުވަދޫ ކަނޑުއޮޅި (އިކްއެޓޯރިއަލް ޗެނަލް) ތެރެއިން، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުންނެވެ. ބޭރުގެ މި ބޯޓުތައް އިރުން ހުޅަނގަށް ދަތުރުކުރަމުން ދަނިކޮށް ސިފައިންގެ ސަމާލުކަމަށް އައީ، އެ ސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު ދިވެހި މަސްދޯންޏަކުން އެ ބޯޓުތައް ފެނިގެން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް ބޯޓުތައް ހުއްޓުވުމަށްފަހު، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ވަނީ އެ ދެ އުޅަނދަށް އަރައި ފުރިހަމައަށް ބަލައި ފާސްކޮށްފައެވެ. ނަމަވެސް، ސަލާމަތީ ބާރުތަކުން ބޯޓުތައް ޗެކްކުރިއިރު، ރާއްޖޭގެ ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އެއްޗެއް ނުވަތަ ވަގަށް މަސްވެރިކަން ކުރަން އުޅުނުކަމުގެ އެއްވެސް ހެއްކެއް އެ އުޅަނދުތަކުން ފެނިފައެއް ނުވެއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ބޭރުގެ ބޯޓުތައް ދަތުރުކުރި މި ކަނޑުއޮޅިއަކީ ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަޙައްދު ހުރަސްކުރުމަށް ބޭނުންކުރާ ރަސްމީ ސަރަހައްދެކެވެ.

އެމްއެންޑީއެފުން ވަނީ ކަނޑުމަތީގައި ދިމާވާ މިފަދަ ކަންކަން އަވަހަށް ރިޕޯޓްކޮށްދޭތީ ދިވެހި މަސްވެރިންނަށް އަބަދުވެސް ދޭ ސަމާލުކަމާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC