logoEN
WAMCO TOP 1
ފާއިތުވި ހަފުތާގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން 15 ހާދިސާއަކަށް އެޓެންޑުވި!

ފާއިތުވި ހަފުތާގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން 15 ހާދިސާއަކަށް އެޓެންޑުވި!

އަހުމަދު ޝުރާއު

logo

6/28/2026, 10:33:07 AM

# އެމްއެންޑީއެފް

-

ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެމްއެންޑީއެފް އެފްއާރްއެސް) އިން ފާއިތުވި ހަފުތާގެ ތަފާސްހިސާބުތައް ހާމަކޮށްފިއެވެ.

THE TRAVELLER AD

21 ޖޫން 2026 އިން 27 ޖޫން 2026 އަށް ހިނގި ހާދިސާތަކުގެ ރިޕޯޓަށް ބަލާއިރު، މި މުއްދަތުގައި މުޅި ޖުމްލަ 15 ހާދިސާއެއް ހިނގައިގެން ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

މި ހަފުތާގެ ރިޕޯޓުގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން ޖުމްލަ 9 އަލިފާނުގެ ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، ނުރައްކާތެރި ކެމިކަލް ނުވަތަ ހެޒްމެޓް އާ ގުޅުންހުރި 1 ހާދިސާއަކާއި، ގުދުރަތީ ކާރިސާއާ ގުޅުންހުރި 1 ހާދިސާއެއް ވަނީ ހިނގާފައެވެ. މީގެ އިތުރުން މީހުން ސަލާމަތްކުރުމުގެ 2 އޮޕަރޭޝަނަކަށާއި، ބަލިމީހުން އުފުލުމުގެ 2 އޮޕަރޭޝަން ހިމެނެއެވެ.

ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާތައް ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން 12 ހާދިސާއަކަށް އެޓެންޑްކޮށްފައިވާއިރު، ސަދަން އޭރިއާ ކޮމާންޑުން 3 ހާދިސާއެއް ރިޕޯޓްކޮށްފައިވެއެވެ. މި މުއްދަތުގައި ނޮދަން އޭރިއާ އަދި ސެންޓްރަލް އޭރިއާ ކޮމާންޑުން އެއްވެސް ހާދިސާއެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން އަބަދުވެސް ދަނީ އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާތީ، ގޭގޭގައްޔާއި ވިޔަފާރިކުރާ ތަންތަނުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި، ކައްކަން ބޭނުންކުރާ ގޭސް ސިލިންޑަރާއި ކަރަންޓު ސާމާނުތަކަށް އަބަދުވެސް ސަމާލުވުމަށް ސިފައިން އިލްތިމާސްކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC