logoEN
WAMCO TOP 1
ކުޑަހުވަދޫން ފުރައިގެން ދަނިކޮށް ގެއްލުނު ޑިންގީ ފެނިއްޖެ: އިންޖީނު ހުއްޓި ރޭންޖުން ބޭރުވީ!

ކުޑަހުވަދޫން ފުރައިގެން ދަނިކޮށް ގެއްލުނު ޑިންގީ ފެނިއްޖެ: އިންޖީނު ހުއްޓި ރޭންޖުން ބޭރުވީ!

އަހުމަދު ޝުރާއު

logo

6/26/2026, 11:13:57 AM

# އެމްއެންޑީއެފް

-

ދ. ކުޑަހުވަދޫން ފުރައިގެން އއ. ބޮޑުފުޅަދޫއަށް ދަތުރު ކުރަމުން ދަނިކޮށް ޚަބަރެއް ނުވެގެން ސިފައިން ހޯދަމުންދިޔަ ޑިންގީ ސަލާމަތްތެރިކަމާއެކު ފެނި، އޭގައި ތިބި މީހުންނާ ގުޅިއްޖެއެވެ.

THE TRAVELLER AD

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މެދުނުކެނޑި ކުރި މަސައްކަތުން މި ޑިންގީ ހޯދިފައިވަނީ ކަނޑުމަތީގެ ބޮޑު ސަރަހައްދެއް ބެލުމަށްފަހުގައެވެ.

މި ޑިންގީގެ ޚަބަރެއް ނުވެގެން އެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ އިއްޔެ މެންދުރުފަހު 13:50 ހާއިރުއެވެ.

ރިޕޯޓް ލިބުމާއެކު ސިފައިން ވަނީ ވަގުތުން ކޯސްޓްގާޑުގެ އުޅަނދުތައް ނެރެ، ދަތުރުކުރި ކަމަށް ބެލެވޭ ރޫޓް ސަރަހައްދު ސާޗް ކުރަން ފަށާފައެވެ.

އެތައް ގަޑިއިރެއްގެ ހޯދުންތަކަށްފަހު، ރޭ 22:24 ހާއިރު އެންމެ ފަހުން ޑިންގީގައި ތިބި މީހުންނާ ވަނީ ފޯނުން ގުޅޭގޮތް ވެފައެވެ.

ޑިންގީގެ ފަޅުވެރިން ސިފައިންނަށް މަޢުލޫމާތު ދިން ގޮތުގައި، ދަތުރުމަތީގައި ކުއްލިއަކަށް އިންޖީނު ހުއްޓުނީއެވެ. އަދި އޮއިގަނޑާއެކު ބެހިގެންގޮސް މޮބައިލް ފޯނުގެ ރޭންޖު ލިބޭ ސަރަހައްދުން ބޭރުވުމުން އެއްވެސް ފަރާތަކަށް ޚަބަރެއް ނުދެވި ވަގުތުތަކެއް ހޭދަކުރަންޖެހުނީއެވެ.

ނަމަވެސް، ފަހުން ޑިންގީއާ ގުޅުނީ އޮޔާ ބެހެމުންގޮސް އަލުން ރޭންޖު ލިބޭ ހިސާބަށް ވަދެވުމުންނެވެ. ޑިންގީ އޮތް ލޮކޭޝަން ކަށަވަރުވުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް އޭގައި ތިބި ދެ ދިވެހިންނަށް ބޭނުންވާ ކާބޯއެއްޗެއްސާއި ފުރަތަމަ އެހީ ފޯރުކޮށްދީފައެވެ.

ސިފައިން ވަނީ އެމީހުންނާއެކު ޑިންގީ ރޭ މާލެ ގެނެސްދީފައެވެ.

ކޮމެންޓް
ފަހުގެ
HDC