logoEN
WAMCO TOP 1
ވޯލްޑްކަޕް: ފަހަތުން އަރައި ބްރެޒިލް އިން ޖަޕާން ބަލިކޮށްފި

ވޯލްޑްކަޕް: ފަހަތުން އަރައި ބްރެޒިލް އިން ޖަޕާން ބަލިކޮށްފި

ހަސަން ޝަމްއޫން

logo

6/29/2026, 7:14:12 PM

# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރު

ބްރެޒިލް އާއި ޖަޕާން ވާދަކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 32 ގައި މިރޭ ޖަޕާނުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ ބްރެޒިލް އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެެވެ.

THE TRAVELLER AD

ބްރެޒިލް މުބާރާތުގެ ރައުންޑް އޮފް 32 އިން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޖަޕާން ރައުންޑް އޮފް 32 އިން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ގުރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބްރެޒިލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޖަޕާނުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކައިޝޫ ސަނޯ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބްރެޒިލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފިލްޑަރު ކާލޯސް ކަސަމީރޯ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ބްރެޒިލްގެ ވިނީޝިއަސް ޖޫނިއަރ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، މިމެޗުން ބްރެޒިލް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ގެބްރިއަލް މާޓިނެއްލީ އެވެ.

މިނަތީޖާއެކު މުބާރާތުގެ ރައުންޑް އޮފް 16 ގައި ބްރެޒިލް ވާދަކުރަންޖެހޭނީ މާދަމާ ރޭ، މުބާރާތުގެ ރައުންޑް އޮފް 32 ގައި އައިވަރީކޯސްޓާއި ނޯވޭ ވާދަކުރާ މެޗުން މޮޅުވާ ޓިމަކާއި ދެކޮޅަށެވެ

ކޮމެންޓް
ފަހުގެ
HDC