
ވޯލްޑްކަޕް: ރޮނާލްޑޯ ރެކޯޑް ހެދިއިރު، އުޒްބަކިސްތާން އަތުން ޕޯޗުގަލްއަށް ފަސޭހަ މޮޅެއް
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026ޕޯޗުގަލް އާއި އުޒްބަކިސްތާން ވާދަކުރި މެޗުގެ ތެރެއިން
ފީފާ ވޯލްޑްކަޕް ގުރޫޕް ކޭގައި މިރޭ އުޒުބަކިސްތާނާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޕޯޗުގަލް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އުޒްބަކިސްތާން ކުޅުނު ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން 3-1 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު. ޕޯޗުގަލްގެ ފުރަތަމަ މެޗުގައި ޑީއާރު ކޮންގޯ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މުޅި މެޗުގައި ވެސް ޕޯޗުގަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޕޯޗުގަލް އިން ގިނަ ބަދަލުތަކެއް ފެނުނު ނަމަވެސް މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެލަނޑު ކާމިޔާބުކުރިއިރު، ނޫނޯ މެންޑީ އަދި ރަފައެލް ލެއާއު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ އުޒްބަކިސްތާންގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން މިރޭގެ މެޗުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ވޯލްޑްކަޕްގައި ޕޯޗުގަލްއަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑުގެ އިތުރުން ހަ ވޯލްޑްކަޕެއްގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ރޮނާލްޑޯއަށް ވަނީ ލިބިފައެވެ. އަދި މިދެލަނޑާއެކު ގައުމީ ޓީމަށް ކުޅުނު 230 މެޗުގައި ރޮނާލްޑޯ ވަނީ 145 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ކުލަބަށާއި ގައުމީ ޓީމަށް ރޮނާލްޑޯ ކާމިޔާބުކުރި 975 ވަނަ ލަނޑެވެ.
ޅުނު ދެމެޗުން ހޯދި ހަަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޕޯޗުގަލް މިވަގުތު އޮތްއިރު، މިމެޗުން ބަލިވި އުޒްބަކިސްތާން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.
ގުޅުންހުރި

ވޯލްޑްކަޕް: ރޮނާލްޑޯ ރެކޯޑް ހެދިއިރު، އުޒްބަކިސްތާން އަތުން ޕޯޗުގަލްއަށް ފަސޭހަ މޮޅެއް

ވޯލްޑްކަޕް: ވާދަވެރި ކުޅުމަކަށްފަހު ނޯވޭ އިން ސެނަގާލް ބަލިކޮށްފި

ވޯލްޑްކަޕް: ފަސޭހަކަމާއެކު އިރާގް ބަލިކޮށް ފްރާންސް ދެވަނަ ބުރަށް




