logoEN
WAMCO TOP 1
ހުޅުމާލެ ހޮސްޕިޓަލުން އައުޓްޕޭޝަންޓް ނާސިންގް ހިދުމަތް ތައާރަފްކޮށްފި

ހުޅުމާލެ ހޮސްޕިޓަލުން އައުޓްޕޭޝަންޓް ނާސިންގް ހިދުމަތް ތައާރަފްކޮށްފި

އަހުމަދު ޝުރާއު

logo

6/29/2026, 4:44:05 PM

# ހުޅުމާލެ ހޮސްޕިޓަލް

-

ހުޅުމާލޭ ހޮސްޕިޓަލުން ބަލިމީހުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އާންމުކޮށް ބޭނުންވާ ނާރސިންގ ފަރުވާތައް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި "އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް" ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

THE TRAVELLER AD

އިއްޔެ ތައާރަފްކުރި މި އައު ޚިދުމަތުގެ ސަބަބުން ހޮސްޕިޓަލަށް ދައްކާ ބަލިމީހުންނަށް ކިއޫގައި ގިނައިރު މަޑުނުކޮށް، އަސާސީ ނާރސިންގ ފަރުވާތައް ވަގުތުން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

މި ތައާރަފުކުރި "އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް" ގެ ދަށުން ބަލިމީހުންނަށް ގިނަ ބާވަތްތަކެއްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ޚިދުމަތްތައް ވަނީ ކުރިއަށްވުރެ އަވަސް ނިޒާމެއްގެ ތެރެއަށް ފައްތާފައެވެ. އަދި މީގެ އިތުރުން ހަކުރު ބަލިމީހުންނަށް ޚާއްސަކޮށްގެން ހަކުރު ބަލައިދިނުމުގެ ފަރުވާތައްވެސް މި ސާވިސްގެ ތެރެއިން ވަގުތުން ލިބޭނެއެވެ.

ހަމައެއާއެކު، އާންމުކޮށް މީހުން ހޮސްޕިޓަލަށް ގޮސް ހޯދާ މުހިންމު ފަރުވާތައް ކަމަށްވާ އިންޖެކްޝަން ޖަހައިދިނުމާއި، ޒަޚަމްތަކުގައި ބޭސްއަޅައިދިނުމުގެ އިތުރުން ނޭވާލާން އުނދަގޫވާ ފަރާތްތަކަށް އާވި އަރުވައިދިނުމުގެ ޚިދުމަތްވެސް މި ބަދަލާއެކު އަވަސްވެގެންދާނެއެވެ.

View post on Twitter

މީގެ އިތުރުން މާބަނޑު އަންހެނުންނަށް ޚާއްސަ އިސްކަމެއް ދީގެން، ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުމުގެ ޚިދުމަތްވެސް މި ނާރސިންގ ސާވިސްގެ ދަށުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ހުޅުމާލޭގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ހުޅުމާލެ ހޮސްޕިޓަލުން އަންނަނީ ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޒަމާނީ ވަސީލަތްތަކާއެކު ހޮސްޕިޓަލުގެ ހުރިހާ ދާއިރާއެއް އަޕްގްރޭޑް ކުރަމުންނެވެ. ހޮސްޕިޓަލުން ބުނީ، މި ތައާރަފުކުރެވުނު އައުޓްޕޭޝަންޓް ނާސިންގް ސާވިސްއަކީ ބަލިމީހުން ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށް، އެއް ފުރާޅެއްގެ ދަށުން އަވަސް އަދި ރައްކާތެރި ނާރސިންގ ފަރުވާ ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC