
-
ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސްމަތިން ވައްކަންކޮށްފައިވާ މައްސަލަ 2026 މާރިޗު 22 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

މި މައްސަލައާ ގުޅިގެން މާރިޗު 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، މއ. ވިނަރެސް / މާލެ، ޙުސައިން ޝިހާމް (40އ) ވަނީ ހައްޔަރުކޮށްފައެވެ.
އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން އޭނާ ވަގަށްނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ސްކޫލު ޗުއްޓީއާ ދިމާކޮށް ހުޅުމާލެ ހޮސްޕިޓަލުން ހިންގާ ޚިތާނު ކޭމްޕު 78 ކުދިންނާއިއެކު ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުން އައުޓްޕޭޝަންޓް ނާސިންގް ހިދުމަތް ތައާރަފްކޮށްފި
މަދިރި ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގެ 308 ތަނެއް ބަލައިފި




