logoEN
PNC TOP 3
ޑރ ޢާޒިމްގެ އިސްނެންގެވުމާއިއެކު ހުޅުމާލެ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް އާތުރޮސްކޯޕިކް އޭސީއެލް ސާޖަރީއެއް ހަދައިފި

ޑރ ޢާޒިމްގެ އިސްނެންގެވުމާއިއެކު ހުޅުމާލެ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް އާތުރޮސްކޯޕިކް އޭސީއެލް ސާޖަރީއެއް ހަދައިފި

އަހުމަދު ޝުރާއު

logo

10/12/2025, 3:10:43 PM

# ހުޅުމާލެ ހޮސްޕިޓަލް

-

އާތުރޮސްކޮޕިކް (ކީހޯލް) ނީ ސަރޖަރީއެއް ހުޅުމާލެ ހޮަސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި އެވެ.

PNC MID 2

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލްގެ ކަށީގެ ޑިޕާރޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރި އާތުރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަރޖަރީއާ އެކު ހުޅުމާލެ ހޮސްޕިޓަލްގައި އާތުރޮސްކޮޕިކް ނީ ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔައީ ކަމަށެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވަނީ މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި މުޅި ޓީމަށް ހޫނު މަރުޙަބާ އާއި ތަހުނިޔާ ދަންނަވައިފަ އެވެ.

އޭނާ ވިދާޅުވީ މި ހޯދި ކާމިޔާބީ އަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން ދެމިތިބޭނެކަމުގެ ޔަޤީންކޮށް އަރުވާ ކަމަށެވެ.

އާތުރޮސްކޮޕިކް (ކީހޯލް) ނީ ސަރޖަރީ ހަދަނީ ހަލާކުވެފައިވާ ޓެންޑަން ރިޕެއާ ކުރުމަށް, ކުޑަ ލޯވަޅެއް ތޮރުފައިގެން އެ ލޯވަޅުން ކުޑަ ހޮޅިއެއް ވައްދައި ހޮޅީގެ ތެރެއިން ކެމެރާއާއި އޮޕަރޭޝަން ކުރުމަށް ބޭނުންވާ އެހެނިހެން އާލާތްތަައް ފޮނުވައިގެން އެ އާލާތްތައް ބޭނުންކޮށްގެންނެވެ. އާ ޓެކްނޮލޮޖީގެ އެހީގައި ހަދާ ކީހޯލް ސާޖަރީގެ ސަބަބުން ބަލި މީހާއަށް ލިބޭ ވޭން ކުޑަވެ ރިކަވަރީ އަވަސްވާނެ އެވެ. އަދި ފަޅައިގެން ކުރާ އޮޕަރޭޝަނަށް ވުރެ ލަކުނު ކުޑަވާނެ އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ދާދި ފަހުން ވަނީ އެންޑޯސްކޮޕިކް ސަޕައިން ސާޖަރީ ނުވަތަ މައިބަދައަށް ކެމެރާ ލައްވައިގެން ހަދާ ސާޖަރީއެއްވެސް ކާމިޔާބު ކަމާއެކު ކޮށްފަ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC