logoEN
WAMCO TOP 1
"މިދަނީ ފުރާށެ ޤަޠަރަށް، ހިތްހެޔޮ ކުރައްވަވައްޗޭ!" – ސަފީރު އާދަމް ޝަރީފްގެ އަސަރުގަދަ އަލްވަދާޢު!

"މިދަނީ ފުރާށެ ޤަޠަރަށް، ހިތްހެޔޮ ކުރައްވަވައްޗޭ!" – ސަފީރު އާދަމް ޝަރީފްގެ އަސަރުގަދަ އަލްވަދާޢު!

އަހުމަދު ޝުރާއު

logo

6/29/2026, 4:02:34 PM

# އާދަމް ޝަރީފް އުމަރު

-

ދިވެހިރާއްޖެއިން ގަތަރަށް ކަނޑައެޅުއްވި އައު ސަފީރު އާދަމް ޝަރީފް އުމަރު، މަގާމުގެ ރަސްމީ ޒިންމާތަކާ ހަވާލުވެވަޑައިގަންނެވުމަށްޓަކައި ގަތަރަށް ފުރާވަޑައިގެންފިއެވެ.

THE TRAVELLER AD

ގައުމީ ބޮޑު ޒިންމާއަކައިގެން ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަމުން، އާދަމް ޝަރީފް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ވަރަށް އަސަރުގަދަ އަލްވަދާޢެއް ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި، ދިވެހިވަންތަ ޅެން ބައިތެއް ހިމަނުއްވަމުން ވިދާޅުވީ، "މިދަނީ ފުރާށެ ޤަޠަރަށް، ހިތްހެޔޮ ކުރައްވަވައްޗޭ! މަދަދާއި ލޯތްބާ ގުޅުމާ، އަބަދަށްމެ ބާއްވަވައްޗޭ!" މިފަދައިންނެވެ.

ޅެންވެރިކަމާއި އަދަބިއްޔާތަށްވެސް ޚާއްސަ ލޯތްބެއް ބަހައްޓަވާ އާދަމް ޝަރީފް، ރާއްޖެއިން ބޭރަށް ކުރައްވާ މި ދަތުރުފުޅާއެކު ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ސޯޝަލް މީޑިއާގައި ހެޔޮއެދުންތައް ފޮނުވަމުންނެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، އާދަމް ޝަރީފް އުމަރުގެ ތަޖުރިބާއާއި ގާބިލުކަމުގެ ސަބަބުން، ގަތަރާއި ދިވެހިރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ގުޅުން ކުރިއަށް އޮތް ތަނުގައި ބޮޑުތަނުން ވަރުގަދަވެގެންދާނެއެވެ.

View post on Twitter

އެމަނިކުފާނު ގަތަރަށް ވަޑައިގެން، އެގައުމުގެ އަމީރަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އާދަމް ޝަރީފް އުމަރަކީ ރާއްޖޭގެ ސިޔާސީ އަދި އިދާރީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި، ރައްޔިތުންގެ ބޮޑު އިތުބާރެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ގަތަރުގެ ސަފީރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

މި ސަރުކާރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ވަޒީރުގެ ގޮތުގައި ކުރިން ހުންނެވި އާދަމް ޝަރީފް އުމަރަކީ، މީގެކުރިންވެސް ދައުލަތުގެ އެންމެ މަތީ ފަންތީގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މި ސަރުކާރު ފެށުނުއިރު މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރްމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ވަޒީރުކަން ކުރެއްވުމުގެ އިތުރުން، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަޒީރުކަންވެސް އެމަނިކުފާނު ވަނީ ފުރިހަމައަށް އަދާކުރައްވާފައެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަންވެސް އެމަނިކުފާނު ވަނީ ފާއިތުވި ދައުރުގައި ކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC