logoEN
WAMCO TOP 1
އިންތިޚާބާ ދިމާކޮށް ޕީއެންސީ ރޫޅާލަން އިދިކޮޅުން މަސައްކަތް ކުރާނެ، އެކަމަށް ހުޝިޔާރުވާންޖެހޭ - އާދަމް ޝަރީފް

އިންތިޚާބާ ދިމާކޮށް ޕީއެންސީ ރޫޅާލަން އިދިކޮޅުން މަސައްކަތް ކުރާނެ، އެކަމަށް ހުޝިޔާރުވާންޖެހޭ - އާދަމް ޝަރީފް

އަހުމަދު ޝުރާއު

logo

6/22/2026, 12:19:55 PM

# އާދަމް ޝަރީފް އުމަރު

-

ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް، ވެރިކަން ކުރާ ޕާޓީ ބައިބައިކޮށް ބަލިކަށިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ޚާއްޞަ މަސައްކަތްތަކެއް ކުރުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި އަބަދުވެސް ހިނގަމުން އަންނަ އާދައެއް ކަމަށް ވިދާޅުވެ އެކަމަށް ހުޝިޔާރުވުމަށް ކުރީގެ މިނިސްޓަރު އަދި މިހާރުގެ އެމްބެސެޑަރ-އެޓް-ލާޖް އާދަމް ޝަރީފް ޢުމަރު އިލްތިމާސްކޮށްފި އެވެ.

THE TRAVELLER AD

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ، މީގެކުރިން ރާއްޖޭގައި ވެރިކަން ކުރި ބޮޑެތި ޕާޓީތަކަށް އެ މަޅީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިކަން ހަނދާންކޮށްދެއްވާފައެވެ.

އާދަމް ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ރާއްޖޭގެ ވެރިކަމުގައި ތިބި ޑީއާރްޕީ، އެމްޑީޕީ އަދި ޕީޕީއެމް ވެސް ވަނީ އިންތިޚާބުތަކާ ދިމާކޮށް އެތެރެއިން ބައިބައިވުން އުފެއްދުމަށް އިދިކޮޅުން އެޅި ސިޔާސީ މަޅިތަކުގައި ޖެހިފައެވެ. އަދި ޕާޓީތަކުގެ އެތެރޭގެ ބާރުތައް ކެނޑި، ބައިބައިވުންތައް އުފެދުމުން އޭގެ ހުރިހާ ނޭދެވޭ އަސަރެއް ނުވަތަ ހުރިހާ ގެއްލުމެއް ދިގު މުއްދަތަކަށް ލިބިގެންދަނީ ޢާއްމު ނިކަމެތި ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ ސިޔާސީ މަސްރަޙަށް އަލިއަޅުއްވާލައްވަމުން އާދަމް ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އިދިކޮޅު ފަރާތްތަކުގެ މައިގަނޑު "ޓާގެޓަކަށް" ވާނީ މިހާރު ވެރިކަންކުރާ ޕީއެންސީ ބައިބައިކޮށްލުން ކަމަށެވެ. އެހެންކަމުން، މިފަދަ ސިޔާސީ ރޭވުންތަކަށް ޕާޓީގެ އެންމެހާ ފަރާތްތަކުން ނުހަނު ބޮޑަށް ހުޝިޔާރުވާންޖެހޭ ވަގުތު އައިސްފި ކަމަށް އޭނާ ވަނީ ޕާޓީގެ ސަޕޯޓަރުންނަށް ހަނދާންކޮށްދެއްވާފައެވެ.

މި ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި، ޕީއެންސީގެ ލީޑަރޝިޕަށާއި ޕާޓީގެ ހުރިހާ ސަޕޯޓަރުންނަށް މިވަގުތު ކޮށްދެވޭނެ އެންމެ އަގުބޮޑު ޤައުމީ ޚިދުމަތަކީ ޕާޓީގެ އެތެރޭގައި ރޭވުންތެރިކަމާއެކު އުފައްދަން އުޅޭ ބައިބައިވުންތަކަށް އެއްވެސް ފުރުޞަތެއް ނުދިނުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވުމަށްޓަކައި ހުރިހާ އެންމެން އެއްގަލަކަށް އަރައި، އެއް ރޫޙެއްގައި ވަރުގަދައަށް މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

ކޮމެންޓް
ފަހުގެ
HDC