
އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރާނަން - އާދަމް ޝާރީފް އުމަރު
# އާދަމް ޝަރީފް އުމަރު# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސްމިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު --
އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ދެއްވައިފި އެވެ.

މިނިސްޓަރ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ.
މިނިސްޓަރ ވިދާޅުވީ އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި، ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ ކަމަަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ގުޅުންހުރި

"މިދަނީ ފުރާށެ ޤަޠަރަށް، ހިތްހެޔޮ ކުރައްވަވައްޗޭ!" – ސަފީރު އާދަމް ޝަރީފްގެ އަސަރުގަދަ އަލްވަދާޢު!

ގަތަރުގެ ސަފީރަކަށް އާދަމް ޝަރީފް އަދި ޔޫއޭއީގެ ސަފީރަކަށް ތޯރިގު އައްޔަނުކުރައްވައިފި

އިންތިޚާބާ ދިމާކޮށް ޕީއެންސީ ރޫޅާލަން އިދިކޮޅުން މަސައްކަތް ކުރާނެ، އެކަމަށް ހުޝިޔާރުވާންޖެހޭ - އާދަމް ޝަރީފް




