logoEN
WAMCO TOP 1
ގަތަރުގެ ސަފީރަކަށް އާދަމް ޝަރީފް އަދި ޔޫއޭއީގެ ސަފީރަކަށް ތޯރިގު އައްޔަނުކުރައްވައިފި

ގަތަރުގެ ސަފީރަކަށް އާދަމް ޝަރީފް އަދި ޔޫއޭއީގެ ސަފީރަކަށް ތޯރިގު އައްޔަނުކުރައްވައިފި

އަހުމަދު ޝުރާއު

logo

6/25/2026, 7:49:55 AM

# އާދަމް ޝަރީފް އުމަރު

-

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ރަސްމީކޮށް ޢައްޔަން ކުރައްވައިފިއެވެ.

THE TRAVELLER AD

އެގޮތުން ރައީސް، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މުހިންމު މަޤާމަށް ޢައްޔަން ކުރެއްވީ ރ. ފައިނު، ޗަމަން، އަލްފާޟިލް އާދަމް ޝަރީފު ޢުމަރެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ބޮޑު ބައިވެރިއެއް ކަމަށްވާ އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ ގ. ނޫމަރާހިޔާ، އަލްފާޟިލް ޠާރިޤު އިބްރާހީމްއެވެ.

އަލަށް އައްޔަންކުރެއްވި މި ދެ ސަފީރުންނަށް މަޤާމުގެ ރަސްމީ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ފަތްކޮޅު އެރުއްވުމަށްފަހު ރައީސް ވަނީ ދެ ބޭފުޅުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކާ އެއްގޮތަށް ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، ދިވެހި ރައްޔިތުންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް ބާރުއަޅުއްވާފައެވެ.

މިއަދު ސަފީރުކަމުގެ ފަތްކޮޅު އެރުވުނު އާދަމް ޝަރީފް އުމަރާއި ޠާރިޤު އިބްރާހީމަކީ ސަރުކާރުގެ އެކި ދާއިރާތަކުގައްޔާއި ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވައި، ބޮޑެތި ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ދެ ބޭފުޅުންނެވެ. އެގޮތުން އެދެބޭފުޅުން ވަނީ މި ސަރުކާރުގެ ވަޒީރުކަން މީގެ ކުރިން ކުރައްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC