logoEN
WAMCO TOP 1
"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

6/29/2026, 3:58:42 PM

# ހެލްތު މިނިސްޓްރީ

-

ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި، ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން 21 ޖުލައި 2026 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ "ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް، 28 ޖޫން 2026 ވަނަ ދުވަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނީ މިއީ ރާއްޖޭގައި އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭއްވާ އެއް ސިޔާސަތެވެ. ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އާއިލީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، އޯގާތެރި އަދި ބިނާކުރުވަނިވި މާޙައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ހިންގުނު "ނެޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމަކީ އާއިލީ މައްސަލަތަކުގައި ކުޑަކުދިންގެ މަސްލަޙަތު އިސްކޮށް، މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާއި، ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ހިންގާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް" ގެ ދަށުން ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާއިލާތަކުގެ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި އާއިލީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ހަރުދަނާ މުއާމަލާތްތަކާއި، މައްސަލަ ގޯސްވުމުގެ ކުރިން އެކަމަށް ހައްލު ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ޖުމްލަ 25 ބައިވެރިން ވަނީ ކާމިޔާބީއާއެކު ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު ހައްލު ހޯދައިދޭނެ ޤާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމެވެ. މީގެ އިތުރުން، ގައުމީ ފެންވަރުގައި ތަމްރީނުލިބިފައިވާ އާއިލީ މީޑިއޭޓަރުންގެ ވިއުގައެއް ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގެ ތެރޭގައި ހިމެނެއެވެ.

އެގޮތުން، މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން، އާއިލީ މައްސަލަތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމުގެ (މީޑިއޭޝަން) އަސާސްތަކާއި، މުޢާމަލާތުކުރުމުގެ ހުނަރުތަކުގެ އިތުރުން، މައްސަލަ ޙައްލުކުރުމުގެ އުކުޅުތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ބައިވެރިން ވަނީ އަހުލުވެރިކުރެވިފައެވެ. އަދި ޚާއްޞަކޮށް، ކުޑަކުދިންގެ މަޞްލަޙަތު އިސްކުރުމަށް ބޭނުންވާ މުހިންމު ފަންނީ މަޢުލޫމާތުތައް މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ވަނީ ފޯރުކޮށްދެވިފައެވެ.

ކޮމެންޓް
ފަހުގެ
HDC