
މިފްކޯ
ރާއްޖޭގައި އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ހާމިދު ނަޒީމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ސީއީއޯ ހާމިދު ނަޒީމް އިބްރާހީމް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން މާލޭގެ އިތުރުން އަތޮޅުތަކުގެ ސިޓީތަކަށާއި، އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ." އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވާ، އަދި މިފްކޯގެ އުފެއްދުންތައް އާންމު ރައްޔިތުންނާ ހަމައަށް އަގުހެޔޮކޮށް އަދި ލުއިފަސޭހަކޮށް ފޯރުކޮށްދިނުން. ދާދިފަހުން ވާނެ އައްޑޫ ހިތަދޫގަ މިފްކޯގެ ފިހާރައެއް ހުޅުވާފައި. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވައި، އުފެއްދުންތައް ފަސޭހަގޮތެއްގަ ފޯރުކޮށްދިނުން." ސީއޯއޯ ވިދާޅުވި އެވެ.
މީގެއިތުރުން ދިވެހީން އާންމުކޮށް އުޅޭ ގައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ މިފްކޯގެ އައުޓްލެޓެއް ލަންކާގައިވެސް ހުޅުވާފަ އެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް މިފްކޯއިން އަދާކުރަންމުންދާއިރު، އެކުންފުނިން ދަނީ އުފެއްދުންތައް ރައްޔިތުންނަށް ފަސޭހަކަމާއެކު އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިދިޔަ މަހުގެ ތެރޭގައިވަނީ އަތޮޅުތެރޭގައި ހުޅުވި މިފްކޯގެ ފުރަތަމަ އައުޓްލެޓް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފަ އެވެ.
މިފްކޯއިން ސްރީލަންކާގައި އިފްތިތާހްކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކްޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެ އެވެ.
ގުޅުންހުރި

އާބާދީ ބޮޑެތި ރަށްރަށުގައި މިފްކޯގެ ފިހާރަތައް ހުޅުވަނީ

10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ރާއްޖޭގައި މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރަނީ

މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފި




