
ޓީސީ ސްޕޯޓްސް ކުލަބާއި ފައްދޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އަދަދު ސްޕޯޓްސް
މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ކޮލިފައިންގައި ބާކީ އެއްމެޗު އޮއްވައި ގައްދޫ އިން ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެެވެ.

ކޮލިފައިންގައި ގައްދޫ އެންމެ ފަހުން ކުޅުނު މެޗުގައި ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން 6-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ޓީސީ ސްޕޯޓްސް ކުލަބު އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓް ބަލިކޮށްފައެވެ.
މިނަތީޖާއެކު ކޮލިފައިންގައި ކުޅުނު ހަތަރު މެޗުން ގައްދޫއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަަތަރުވަނައިގައެވެ. އަދި ތާވަލުގެ އެއްވަނައިގައި އޮތް ބިސް ބުރު ސްޕޯޓްސް ކުލަބަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބާއި ތިންވަނައިގައި އޮތް ދިއްދޫއަށް ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ.
މީގެ އިތުރުން ހަތަރު މެޗުން ހޯދި ދެ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި ގްރީން ސްޓްރީޓް އޮތްއިރު، ތާވަލުގެ ފުލުގައި ހުރާ އޮތީ އެއްޕޮއިންޓާއެކުގައެވެ. އަދި ކޮލިފައިންގައި ބާކީ އޮތް މެޗު މިދެޓީމު މޮޅުވި ނަމަވެސް ހަތަރުވަނައިގައި އޮތް ގައްދޫއާއި އަރައި ހަމަކުރުމުގެ ފުރުސަތެއް މިދެޓީމަށް މިހާރަކުނެތެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ގައްދޫ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ޑޮނާލިއޯ މެލާޝިއޯއެވެ.
މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ގައްދޫ ކުރީގައި އޮވެގެންނެވެ.
ގުޅުންހުރި

ޓީސީ ބަލިކޮށް ގައްދޫ އިން ދިވެހި ޕްރެމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

އަމްސާ ސައުތު އީސްޓް އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ކޮމްޕެޓިޝަން ޑިރެކްޓަރ އަކަށް ރާއްޖޭގެ ރައުޝާން

25 ޓީމާއެކު ބީއެމްއެލް ރާއްޖެ ޖޫނިއާރ ނެޓްބޯޅަ ޗެމްޕިއަންޝިޕް މިއަދު ފަށައިފި




