logoEN
WAMCO TOP 1
ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް އަޅަން އާރްޑީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި

ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް އަޅަން އާރްޑީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

6/25/2026, 3:26:41 PM

# އެމްއެންޑީއެފް

-

ގއ. ވިލިނގިލީގައި މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ ސްޓޭޝަނެއް ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.

THE TRAVELLER AD

ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް މުޢާޛު ޙަލީމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، ޙަސަން ރިފާޢީ ބުޝްރީއެވެ.

މި މަޝްރޫޢަކީ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް އެންމެ ފުރިހަމައަށް ގާއިމުކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ 550 ދުވަހުގެ މުއްދަތެކެވެ.

މި ފަޔަރ ސްޓޭޝަން ޢިމާރާތްކޮށް ނިމި، ޚިދުމަތަށް ހުޅުވާލުމުން ގއ. އަތޮޅުގެ ރަށްރަށުގައްޔާއި އެ ސަރަހައްދުގެ ކަނޑުމަތީގައި ދިމާވާ އެކިއެކި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކަށް މިހާރަށް ވުރެ މާ އަވަހަށް އިޖާބަދީ، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ފުރިހަމަ ޤާބިލުކަން ސިފައިންނަށް ލިބިގެންދާނެއެވެ.

މިއަދު ބޭއްވި މި މުހިންމު ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ނާއިބު ފާޠިމަތު މިޒުނާ ޢަލީގެ އިތުރުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ހިންގެވުމާ ހަވާލުވެހުންނެވި ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރު އަދި ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ނަޞީރު ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓްރީއާއި އާރްޑީސީގެ އިސް ބޭފުޅުންވެސް މި ސޮއިކުރުމުގެ ހަފުލާގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC