logoEN
WAMCO TOP 1
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް ފެނިއްޖެ

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް ފެނިއްޖެ

ޖަޒްލާ މުހައްމަދު

logo

6/23/2026, 11:40:57 AM

# ހިމަ ބިހި# އެޗްޕީއޭ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

މިދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

THE TRAVELLER AD

އެޗްޕީއޭ އިން ނެރުނު އަދާހަމަތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ހިމަބިހީގެ 22 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ބަލި ހުއްޓުވުމަށާއި، ބަލި ދެނެގަތުމަށް އެ އެޖެންސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެތެރޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ސަވައިލެންސްގެ މަސައްކަތް އިތުރަށް ހަރުދަނާކުރުން ހިމެނެ އެވެ.

މީގެއިތުރުން ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަތުމަށާއި، ރިޕޯޓުކުރުމަށް ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް ގާއިމުކޮށްފައިވާ ކަމަށެވެ.ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ.މީގެއިތުރުން، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށް އެ އިދާރާއިން އިރުޝާދު ދެއެވެ. ހަމައެހެންމެ ބަލީގެ އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް އެ އިދާރާއިން ލަފާދެ އެވެ.

ކޮމެންޓް
ފަހުގެ
HDC