logoEN
WAMCO TOP 1
މާލެ ސަރަހައްދުން މި ހަފްތާގެ ތެރޭގައި މީސްލްސްގެ ދެ ކޭސް ފެނިއްޖެ

މާލެ ސަރަހައްދުން މި ހަފްތާގެ ތެރޭގައި މީސްލްސްގެ ދެ ކޭސް ފެނިއްޖެ

އަހުމަދު ޝުރާއު

logo

5/13/2026, 9:04:38 AM

# އެޗްޕީއޭ

-

މާލެ ސަރަހައްދުން މި ހަފްތާގެ ތެރޭގައި މީސްލްސްގެ ދެ ކޭސް ފެނިއްޖެ އެވެ.

THE TRAVELLER AD

އެޗްޕީއޭއިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނީ މި ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން 2 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިއާއި ގުޅިގެން ހިމަބިހީގެ ކޭސްއެއް ފެނުމާއިއެކު އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކޮންޓެކްޓްުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދިނުން މިހާރު ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މި ދެމީހުންނާއި މިހާރު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމުލަ 5 ކޭސް ރިޕޯޓުކޮށްފަެއިވާ ކަމަށެވެ.

އަދި އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި 2 މީހުން ހިމެނޭ ކަމަށާއި މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިއާއި އަވަށްޓެރި ގައުމުތަކުގައިވެސް މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއް ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ.

މިއާއިއެކު ހުން އައުމާއިއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރު ތަފްސީލް އަންނަނީ ..

ކޮމެންޓް
ފަހުގެ
HDC