logoEN
WAMCO TOP 1
ބޭރުގެ މަސްބޯޓުތަކެއް ހުއްޓުވަން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ބޭރުގެ މަސްބޯޓުތަކެއް ހުއްޓުވަން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

# އެމްއެންޑީއެފް

އެއާ ކާގޯ ޑްރޯންގެ އެހީގައި ދެ މަސް ބޯޓު އަތުލައިގަތުން- ފޮޓޯ: އެމްއެންޑީއެފް

ގދ. އަތޮޅާއި ފުވައްމުލަކު ސިޓީއާ ދެމެދު ބޭރުގައި މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން އެކަން ހުއްޓުވުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފަށައިފި އެވެ.

THE TRAVELLER AD

އެމްއެންޑީއެފުން ބުނީ މި މަސްބޯޓުތައް ހަރަކާތްތެރިވަމުންދަނީ ގދ. ފިޔޯރިއާ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިލަކް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނީ ބޭރުގެ 2 މަސްބޯޓުކަމަށް އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. މި ކަމުގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަ މަސްބޯޓުތައް އެމްއެންޑީއެފުން ހުއްޓުވައި ފުލުހުންނާ ހަވާލުކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC