logoEN
WAMCO TOP 1
އާދަމް ޝަރީފް އުމަރު، ސަފީރުކަމުގެ ފަތްކޮޅު ޤަތަރުގެ އަމީރަށް އަރުވައިފި

އާދަމް ޝަރީފް އުމަރު، ސަފީރުކަމުގެ ފަތްކޮޅު ޤަތަރުގެ އަމީރަށް އަރުވައިފި

# ޤަތަރު# އާދަމް ޝަރީފް އުމަރު

ފޮޓޯ: މިނިސްޓްރީ

ދިވެހިރާއްޖެއިން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް އުމަރު، އެމަނިކުފާނުގެ ސަފީރުގެ ކަމުގެ ފަތްކޮޅު ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށް އަރުވައިފިއެވެ.

THE TRAVELLER AD

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޤަޠަރުގެ ދޯހާގައި ހުންނަ ލުސައިލް ގަނޑުވަރުގައެވެ.

ލުސެއިލް ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު އާދަމް ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ޤަޠަރުގެ ޢަމަރު އަދި އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަދި މުބާރަކުބާދީ އަރުއްވާފައެވެ. އަދި އާދަމް ޝަރީފް ވަނީ ޤަތަރު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް މަތީ ފަންތީގެ މަޝްވަރާތައް ބާއްވާ ގުޅުން ބަދަހިކުރުމުގެ ޝަޢުޤުވެރިކަން ސަފީރު ފާޅުކުރެއްވެވިއެވެ.

ޤަތަރުގެ ޢަމީރު ދެއްކެވި ވާހަކަފުޅުގައި، ސަފީރު އާދަމް ޝަރީފް މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ދެ ޤައުމުގެ ގުޅުން ސަފީރުގެ ދައުރުގެ ތެރޭ އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަނީ ޤަތަރުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ލިބުނު ފުރުސަތަކީ ލިބިގެންދިޔަ ފަޚުރެއްކަން ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު އޮތް އެކުވެރިކަމާއި ޚާރިޖީ ގުޅުންތައް އިތުރަށް، ބަދަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަފީރު އަރިހުގައި ޤަތަރު އެމްބަސީގެ ސެކަންޑް ސެކެރެޓަރީ މުހައްމަދު ތަޙްސީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް
ފަހުގެ
HDC