
އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުން ވަކިކުރި ޝަމްހޫޒާ އަޙްމަދު -
މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ޗެއާމަން ޝަމްހޫޒާ އަޙްމަދު މަޤާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން ވަނީ ޝަމްހޫޒާ އެމަގާމުން ވަކިކޮށްފައިވާކަނަށް ކަށަވަރުކޮށްދީފައެވެ.
ޕީސީބީން މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވަފައިވަނީ، ޝަމްހޫޒާ އަޙްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުންނާއި ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައިވާ ކަަމަށެވެ.
ޝަމްހޫޒާ މަޤާމުން ވަކިކޮށްފައިވާއިރު ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ، ބަދަލުތައް ގެންނަވަމުންނެވެ



.png&w=3840&q=75)


