
މުހައްމަދު އަނަސް --
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، ގއ. ދެއްވަދޫ / ދޭލިޔާގެ، މުޙައްމަދު އަނަސް އައްޔަނުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، ގއ. ދެއްވަދޫ / ދޭލިޔާގެ، މުޙައްމަދު އަނަސް މިއަދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަނަސް ހުންނެވީ ޕީސީބީގެ ރައީސް ކަމުގެ މަގާމުގައެވެ. އަނަސް އެމަގާމުން އިސްތިއުފާ ދެއްވީވެސް މިއަދު އެވެ.
އަލްފާޟިލް މުޙައްމަދު އަނަސް އަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، އަދި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ފަންނީ ބޭފުޅެކެވެ.


.png&w=3840&q=75)



