



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



-
ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއަރޕާރސަން ކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މި ބަދަލު ގެނައިއިރު، މިއީ އެމްޓީސީސީގެ ދިގު ތާރީޚުގައިވެސް ކުންފުނީގެ އެންމެ އިސް މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
އެމްޓީސީސީގެ މިއަދުގެ ބޯޑު ބަދަލާއެކު ޗެއަރޕާރސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ސަރުކާރުގެ ފަރާތުން އައްޔަނުކޮށްފައިވަނީ، ދަޕްތަރު ނަންބަރ ރސ 14819، އަލްފާޟިލާ ސަޢާދާ އިބްރާހިމްއެވެ.
އެމްޓީސީސީގެ ޗެއާޕާސަންގެ މަޤާމުގައި އެންމެފަހުން ހުންނެވީ މުޙައްމަދު އަފީފް ޙުސައިންނެވެ. އޭނާ އެ މަޤާމުން ވަކިކުރައްވައި، ސަރުކާރުން މިހާރު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ކަމުގެ މުހިންމު މަޤާމަށް އައްޔަން ކުރައްވާފައެވެ.




.jpg?w=3840&q=75)