logoEN
WAMCO TOP 1
ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުން ޤާނޫނާ ޚިލާފު - މިނިސްޓަރ

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުން ޤާނޫނާ ޚިލާފު - މިނިސްޓަރ

އަހުމަދު ޝުރާއު

logo

6/24/2026, 9:22:24 AM

# ރައްޔިތުންގެ މަޖިލިސް

-

ސްކޫލްތަކާއި މަދުރަސާތަކުގެ ރަސްމީ ނަންތައް ބޭނުންކޮށްގެން ވަކިވަކި މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދުމަކީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފު ކަމެއް ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ ނަމާއި އޮޅުންއަރާފާނެ ފަދަ ނަންނަމުގައި ޔޫނިއަން ހެދުމަކީ މަނާކަމެއް ކަމަށެވެ.

މި މައްސަލަ ފެންމަތިވީ އިސްކަންދަރު ސްކޫލްގެ ޓީޗަރުން އިސްވެ "އިސްކަންދަރު ވޯކް ޔޫނިއަން" ގެ ނަމުގައި އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށާއި، ސްކޫލްގެ ތެރޭގައި އެފަދަ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އެންގެވި މައްސަލައާ ގުޅިގެންނެވެ.

ސުވާލަކަށް ޖަވާބުދާރީވަމުން ވަޒީރު ވިދާޅުވީ، ޔޫނިއަން ރަޖިސްޓްރީކުރުމުގެ ޤަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރަށް ރިއާޔަތްކުރާއިރު، އިސްކަންދަރު، މަޖީދިއްޔާ ނުވަތަ އަމީނިއްޔާ ފަދަ ސަރުކާރުގެ ރަސްމީ ސްކޫލެއްގެ ނަން ބޭނުންކޮށްގެން ޔޫނިއަން ހެދުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޕްރިންސިޕަލް އެގޮތަށް އެންގެވީ ވުޒާރާގެ ސީދާ އިރުޝާދުގެ މަތިން ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

އާންމު ކުންފުނިތަކާއި ވިޔަފާރިތަކާ ޚިލާފަށް ސްކޫލްތަކަކީ ކުޑަކުދިންގެ ރައްކާތެރިކަމާއި ތަޢުލީމާ ގުޅިފައިވާ، ޚާއްޞަ ސިފަތަކަކާއި ހިފެހެއްޓުންތަކެއް ހުންނަ ނާޒުކު ތަންތަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޔޫނިއަން މިދިޔަ ޖެނުއަރީ މަހު ދާޚިލީ ވުޒާރާއިން ރަޖިސްޓްރީކޮށްދީފައި އޮތް ނަމަވެސް، އެއީ ޤަވާއިދަށް އެކަށީގެންވާ ވަރަށް ބެލުމެއް ނެތި ކުރެވިފައިވާ ކަމެއް ކަމަށް ވުޒާރާއިން ދެކޭތީ، އެ މައްސަލަ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް ރަސްމީކޮށް ހުށަހެޅުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC