logoEN
WAMCO TOP 1
ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކޮށް، ދުންފަތް ހުއްޓާލަން ބޭނުންކުރާ ސާމާނުން ޑިއުޓީ މައާފްކުރަން އިސްލާހު ހުށަހަޅައިފި

ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކޮށް، ދުންފަތް ހުއްޓާލަން ބޭނުންކުރާ ސާމާނުން ޑިއުޓީ މައާފްކުރަން އިސްލާހު ހުށަހަޅައިފި

އަހުމަދު ޝުރާއު

logo

6/21/2026, 2:38:38 PM

# ރައްޔިތުންގެ މަޖިލިސް

-

ދިވެހިރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށްޓަކައި، ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ މުހިންމު ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

THE TRAVELLER AD

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިއުން އިއްވުން ވަނީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ރަސްމީކޮށް ތާވަލުކޮށްފައެވެ.

ރާއްޖޭގައި ވިއްކާ ސިނގިރޭޓުން ނަގާ ޑިއުޓީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ ސިނގިރޭޓަކަށް 8 ރުފިޔާގެ މަގުން ބޮޑުކޮށްފައެވެ. އޭގެ ކުރިން ސިނގިރޭޓަކުން ނަގަމުން އައީ 3.50 ރުފިޔާގެ ޑިއުޓީއެކެވެ. ސަރުކާރުން އޭރު އެ ފިޔަވަޅު ކުއްލިގޮތަކަށް އެޅީ ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން، އޭގެ ބަދަލުގައި ސިނގިރޭޓު ބުއިން އާންމުންގެ މެދުގައި އިތުރުވެދާނެ ކަމުގެ ބިރު އޮތުމުން، އެކަން ކޮންޓްރޯލް ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، މާކެޓުގައި ހުރި ހާލަތްތަކަށް ބެލުމަށްފަހު، ސިނގިރޭޓު ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކުރަމުންދާކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މިދިޔަ މެއި މަހުގެ 31 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަސްމީކޮށް ހާމަކުރައްވައިފައެވެ.

މި ފޮނުވި ބިލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ސިނގިރޭޓަކުން ނަގާ ސްޕެސިފިކް ޑިއުޓީ 4 ރުފިޔާއަށް ކަނޑައެޅުމެވެ. މީގެ އިތުރުން މި ބިލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ސިނގިރޭޓުން އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި %30 ނެގުމާއި، ބިޑިއަކުން 4 ރުފިޔާގެ ޑިއުޓީއަކާއި އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި %30 ނެގުން ހިމެނެއެވެ.

ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ކުޑަކުރި ނަމަވެސް، މި ބިލުގެ ތެރެއިން ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ސިއްހީ ބާވަތްތަކުން އެއްވެސް ޑިއުޓީއެއް ނުނެގުމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ސަރުކާރުގެ އަމާޒަކީ ދުންފަތް ހުއްޓާލަން ބޭނުންވާ މީހުންނަށް އެތަކެތި ހެޔޮ އަގުގައި ބާޒާރުން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ކޮމެންޓް
ފަހުގެ
HDC