logoEN
WAMCO TOP 1
މަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ ނައިބު ރައީސް ނާޒިމް އިސްތިއުފާ ދެއްވައިފި

އަހުމަދު ޝުރާއު

logo

5/31/2026, 5:33:12 AM

# ރައްޔިތުންގެ މަޖިލިސް

-

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ތާވަލްކޮށް، ބަހުސް ފަށަން ކުޑަތަންވެފައި ވަނިކޮށް އޭނާ ދެންމެއަކު އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.

THE TRAVELLER AD

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނާޒިމް ވަނީ އޭނާގެ މައްޗަށް ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ހަރުކަށި އިބާރާތުން ދޮގުކުރައްވައި ޚާއްޞަ ބަޔާނެއް ނެރުއްވާފައެވެ. ޕީއެންސީގެ 73 މެންބަރުން ސޮއިކޮށް ހުށަހެޅި ގަރާރުގައި ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވުމުގެ މައްސަލަައެވެ.

ނާޒިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ގަރާރުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ ކުރެއްވި ކަމަކުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މިއިން ދުވަހަކު އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށްވެސް ބުންޏެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، އޭނާ މަގާމުގެ ވާޖިބުތައް އަދާކުރައްވާފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، މެންބަރުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތް ހަމަހަމަ އުސޫލަކުން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށް، ނާޖާއިޒު ފައިދާއެއް ނަގާފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ނަމަވެސް، ޕީއެންސީގެ މެންބަރުން ހުށަހެޅި ގަރާރުގައިވަނީ ޙަޤީޤަތެއް ނޫން ކަމަށްވިޔަސް، އިންތިޚާބީ މަގާމަކަށް ވޯޓުލީ މީހުން އެ މަގާމުން ދުރުވުމަށް އެދުމުން އެކަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުން އެންމެ ތަހުޒީބީ ގޮތް ކަމަށް ގަބޫލުކުރައްވާތީ، މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ނާޒިމް ބަޔާންކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ނާޒިމް ވަކިކުރުމުގެ ވޯޓު ކުރިއަށްގެންދަން އޮތް ނަމަވެސް، ޖަލްސާ ފެށުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން މި މައްސަލަ މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

ކޮމެންޓް
ފަހުގެ
HDC