logoEN
WAMCO TOP 1
ބެލްޖިއަމްގެ ސަފީރު މިނިސްޓަރު ޢަލީ ޝަރީފްގެ އަރިހަށް: ދޭދޭ ގުޅުންތައް ވަރުގަދަކުރަން ބޮޑެތި މަޝްވަރާތަކެއް!

ބެލްޖިއަމްގެ ސަފީރު މިނިސްޓަރު ޢަލީ ޝަރީފްގެ އަރިހަށް: ދޭދޭ ގުޅުންތައް ވަރުގަދަކުރަން ބޮޑެތި މަޝްވަރާތަކެއް!

އަހުމަދު ޝުރާއު

logo

6/24/2026, 9:06:49 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

ބެލްޖިއަމް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑިޑިއޭ ވަންޑަހަސެލްޓް، އޮނަރަބަލް މިނިސްޓަރު އަލީ ޝަރީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

THE TRAVELLER AD

މިނިސްޓްރީގައި މިއަދު ބޭއްވުނު މި ރަސްމީ ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ކަންކަމުގެ މައްޗަށެވެ. އެގޮތުން، ތަޢުލީމީ، އިޤްތިޞާދީ އަދި ފަންނީ އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ކޯޕަރޭޝަން ނުވަތަ ދޭދޭ ގުޅުންތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް، ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުންގެ މެދުގައި ފުރިހަމައަށް ޚިޔާލު ބަދަލުކުރެވުނެވެ.

ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޢަލީ ޝަރީފް ވަނީ ބެލްޖިއަމްގެ ސަފީރަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި، ރާއްޖެއާއި ބެލްޖިއަމްއާ ދެމެދުޒަމާނުއްސުރެ އޮންނަ ގާތް އަދި ރަޙުމަތްތެރި ގުޅުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ސަފީރުގެ މި ޒިޔާރަތަކީ ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ލިބުނު ރަނގަޅު ފުރުޞަތެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މިނިސްޓަރު ޢަލީ ޝަރީފް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި އަދި ލާބަހުރި އެކި ދާއިރާތަކުން ބެލްޖިއަމް ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރާއްޖެއިން އަބަދުވެސް އުއްމީދުކުރާ ކަމަށެވެ. ބެލްޖިއަމްގެ ސަފީރުވެސް ވަނީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދެއްވުމުގައި ދެމީހުންމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަޤީންކަން އަރުވާފައެވެ.

ކޮމެންޓް
ފަހުގެ
HDC