logoEN
WAMCO TOP 1
ގްރީން ހައުސް ދަނޑުވެރިކަމަށް ޚާއްޞަ "އެގްރިބިޒްނަސް މެޗިންގ ގްރާންޓް" ގެ ދެވަނަ ބުރަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި

ގްރީން ހައުސް ދަނޑުވެރިކަމަށް ޚާއްޞަ "އެގްރިބިޒްނަސް މެޗިންގ ގްރާންޓް" ގެ ދެވަނަ ބުރަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި

އަހުމަދު ޝުރާއު

logo

6/22/2026, 11:14:38 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިނިސްޓްރީން ކުރިއަށްގެންދާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާއްވާ އެގްރިބިޒްނަސް މެޗިންގ ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރު ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

THE TRAVELLER AD

ރާއްޖޭގެ ދަނޑުވެރިކަމުގެ ޞިނާއަތް ޒަމާނީ ޓެކްނޮލޮޖީއާއެކު ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގާ މި މަޝްރޫޢަކީ، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރާނެ ގޮތްތައް ތަޢާރަފްކޮށް، ދަނޑުވެރިންނާއި ވިޔަފާރިވެރިން ބާޒާރުގެ ތެރެއިން ގުޅުވައިދިނުމަށް ހިންގާ މުހިންމު ޕްރޮގްރާމެކެވެ. މި މަޝްރޫޢު ޚާއްޞަކޮށްފައިވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ޖުމްލަ 26 ރަށަކަށެވެ.

މި ހިލޭ އެހީގެ ސްކީމްގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމުގެ ވިޔަފާރީގެ ބާޒާރު ކުރިއަރުވައި، ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުވުމާއެކު ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ހިތްވަރުދިނުމެވެ. މި ގްރާންޓް ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ވަކިވަކި ދަނޑުވެރިންނަށާއި، ކޯޕަރޭޓިވްސްތަކަށާއި، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އިތުރުން ޕްރޮޖެކްޓްގެ ދަށުން އުފެދިފައިވާ އައިލެންޑް ފާރމާ ފޯރަމް (އައި.އެފް.އެފް) ގެ މެމްބަރުންނަށާއި އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. ފާހަގަކުރެވޭގޮތުގައި މި ފަހަރުގެ ދެވަނަ ބުރު ޚާއްޞަކޮށްފައިވަނީ ގްރީން ހައުސްތަކުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދާާ ފަރާތްތަކަށެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދާނެ އުސޫލުތައް ބަޔާންކުރާ ޚާއްޞަ ގައިޑްލައިންއެއް މިހާރު ވަނީ އާންމުކޮށްފައެވެ. އެ ގައިޑްލައިންގައި ހިލޭ އެހީއަށް އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ ތަފްސީލާއި، އިދާރީ އަދި މާލީ އެކި މަރުހަލާތަކުގެ އިތުރުން ބޭނުންވާނެ ލިޔެކިއުންތައް ބަޔާންކޮށްފައިވާނެއެވެ. އަދި އެޕްލިކޭޝަންތައް ރިވިއުކޮށް އިވެލުއޭޓް ކުރާނެ ގޮތާއި، ކާމިޔާބުވާ ފަރާތްތަކަށް ފައިސާ ދޫކުރާނެ އުސޫލުތައްވެސް އޭގައި ހިމެނެއެވެ.

އެޕްލިކޭޝަނަށް ހުޅުވާލެވޭ މުއްދަތުގެ ތެރޭގައި ގައިޑްލައިންގެ އެއްވެސް ބާބަކަށް ބަދަލެއް ނުވަތަ އިސްލާހެއް ގެނެވިއްޖެނަމަ އެ މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް ޝާއިޢުކުރެވޭނެއެވެ.

މި ގްރާންޓް ޕްރޮގްރާމަށް އެޕްލިކޭޝަން ބަލައިގަންނަން ފެށުމަށް ހަމަޖެހިފައިވަނީ އިޢުލާން ކުރާ ތާރީޚުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ. އެގޮތުން 22 ޖޫން 2026 ގައި މި ގްރާންޓް އިޢުލާންކޮށްފައިވާއިރު، އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފޯމުތައް ބަލައިގަންނަން ފަށާނީ 22 ޖުލައި 2026 ގައެވެ.

އެޕްލިކޭޝަންތައް ހުށަހަޅަންޖެހޭނީ ހުށަހަޅާ ފަރާތުގެ ރަސްމީ އީފާސް (eFaas) މެދުވެރިކޮށް އެސްއެމްއީ ޑިޖިޓަލް އަށެވެ. މިކަމަށް ބޭނުންވާ ހުރިހާ ފޯމުތަކާއި ލިޔެކިއުންތައް އެސްއެމްއީ ޑިޖިޓަލް ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެސްއެމްއީ ޑިޖިޓަލްގެ ހޮޓްލައިން ނަންބަރު 1613 އަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯދޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC