
ސަމްޕާގެ ގައިޑުންގެ ގޮތުގައި މަސައްކަތްކުރާނީ ޚާއްޞަ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް!
# އެންވަޔަރަމަންޓް މިނިސްޓްރީ-
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަޙައްދުގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަނގަޅު އިރުޝާދުދީ ސަރަޙައްދު ބެލެހެއްޓުމުގައި "ސަމްޕާ ގައިޑުން" މުހިންމު ދައުރެއް އަދާކުރަން ފަށައިފިއެވެ.

މި ޕްލޭންގެ ދަށުން ގައިޑެއްގެ ގޮތުގައި ބަލާގަނެވެނީ ވަކި ޚާއްޞަ ޝަރުޠުތަކެއް ފުރިހަމަވެފައިވާ ސްނޯކްލިންގ އަދި ޑައިވިންގ ގައިޑުންނަށް އެކަންޏެވެ. އެގޮތުން ގައިޑަކަށް ވުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން ބާއްވާ ޚާއްޞަ އިމްތިޙާނުން 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދައިގެން ފާސްވާންޖެހެއެވެ. މީގެ އިތުރުން މުއްދަތު ހަމަނުވާ އިމަރޖެންސީ ފަސްޓް ރެސްޕޮންސް ސެޓްފިކެޓަކާއި، ރެސްކިއު ޑައިވް ނުވަތަ އެއާ އެއްފެންވަރެއްގެ ސެޓްފިކެޓެއް އޮތުންވެސް ލާޒިމްކުރެއެވެ.
މި އައު އުޞޫލުގެ ދަށުން ފަތުރުވެރިން ގޮވައިގެންދާއިރު، ކޮންމެ 6 ފަތުރުވެރިއަކަށް މަދުވެގެން އެއް ގައިޑަކު ހުންނަންޖެހޭނެއެވެ. މިއީ އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ދަރަޖައަކަށް ކަށަވަރުކުރުމަށާއި، ސަމްޕާގެ ގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ފަތުރުވެރިން އަހުލުވެރިކުރުވުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ވަރުގަދަ މިންގަނޑެކެވެ. މިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ފަތުރުވެރިންގެ ފަރާތުން ލިބޭ ގެއްލުންތައް ނުހަނު ބޮޑަށް ކުޑަވެގެންދާނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބަޔާންކުރާ ގޮތުގައި، ސަމްޕާ ސަރަޙައްދަށް ފަތުރުވެރިން ގޮވައިގެންދާ ފަރާތްތަކުން ސަމްޕާ ގައިޑް އިމްތިޙާނުގައި ބައިވެރިވުމަށް އަށް އީމެއިލް ކުރަންޖެހެއެވެ. މި އިމްތިޙާނަށް ތައްޔާރުވުމަށް ބޭނުންވާ ކިޔަވައިދޭ ތަކެއްޗާއި މެޓީރިއަލްސް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން މިހާރު އާންމުންނަށް ލިބެން ހުންނާނެއެވެ. މިއީ މި ދާއިރާގައި މަސައްކަތްކުރާ ދިވެހި ޒުވާނުންނަށްވެސް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.
ދެކުނު އަރިއަތޮޅުގެ މި ޚާއްޞަ ސަރަޙައްދަކީ ކަނޑުގެ ދިރުންތަކުން މުއްސަނދި، ޚާއްޞަކޮށް ފެހުރިހި ފެންނަ ތިމާވެށީގެ ގޮތުން ނުހަނު ނާޒުކު އަދި ބައިނަލްއަޤުވާމީ ގޮތުންވެސް ފާހަގަކޮށްލެވޭ މުހިންމު ސަރަޙައްދަކަށްވާތީ، މިކަމަކީ އެ ސަރަޙައްދު ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އެޅުނު ނުހަނު ބޭނުންތެރި ރަނގަޅު ފިޔަވަޅެކެވެ. މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، ސާމްޕާ ސަރަހައްދުގެ މޮނިޓަރިންގ ކަންކަން ކުރިއަށްވުރެ ހަރުދަނާވެގެންދާނެއެވެ.
ގުޅުންހުރި

ސަމްޕާގެ ގައިޑުންގެ ގޮތުގައި މަސައްކަތްކުރާނީ ޚާއްޞަ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް!

ވެލާ ބިސްއަޅާ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ އަޒުމް ރާއްޖެއިން އާކޮށްފި

ސަމްޕާ ސަރަޙައްދުގައި ދުއްވާ އުޅަނދުތަކުގެ ބުރަފަތީގައި "ޕްރޮޕެލަރ ގާޑް" ހަރުކުރަން މަޖުބޫރުކޮށްފި
-1781448451747.webp&w=3840&q=75)



