
އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު މިއަދު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަނީ
# އެމްޑީޕީ-
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެ ކަމަށް އެޕާޓީން ހާމަކޮށްފި އެވެ.

މިއީ އެމަނިކުފާނު އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ފަހުން، ޕާޓީގެ ސިޔާސީ މަސައްކަތްތަކާ ގުޅުވައިގެން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަޙުގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޔޫކޭގެ ކޮންޒަވެޓިވް ޕާޓީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ޕާޓީގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުންތައް ބަދަހިކުރުމަށާއި ބައިނަލްއަޤްވާމީ ދާއިރާއިން އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުގެ ޤާނޫނީ ދާއިރާގެ އެންމެ މުހިންމު އެއް މުއައްސަސާ ކަމަށްވާ ޔޫކޭ ބާ ކައުންސިލްގެ އިސްވެރިންނާވެސް ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ބައްދަލުވުންތަކުގައި ޑިމޮކްރެޓިކް ނިޒާމުތައް ހަރުދަނާކުރުމާއި، އިންސާނީ ޙައްޤުތަކާއި، ޤާނޫނީ ދާއިރާއިން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރައްވާ މި ސިޔާސީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ.
ގުޅުންހުރި

ކައުންސިލްތަކަށް އެހީތެރިވާން އެމްޑީޕީން "އައިއެލްސީ-ޕީޑީއޯ" އޮފީސް ޤާއިމުކޮށް، ޑީޖީއަކަށް ޢަމީރު އައްޔަންކޮށްފި

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު އެމްޑީޕީން ޙައްލަކަށް ގޮވާލަނީ!

ޕީޖީ ލީޑަރު ނާޒިލް ހިމެނޭހެން އެމްޑީޕީގެ 9 މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި




