logoEN
WAMCO TOP 1
ވޯލްޑްކަޕް: ވާދަވެރި ކުޅުމަކަށްފަހު ނޯވޭ އިން ސެނަގާލް ބަލިކޮށްފި

ވޯލްޑްކަޕް: ވާދަވެރި ކުޅުމަކަށްފަހު ނޯވޭ އިން ސެނަގާލް ބަލިކޮށްފި

ހަސަން ޝަމްއޫން

logo

6/23/2026, 2:09:30 AM

# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރު

ނޯވޭ އާއި ސެނަގާލް ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އައިގައި ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ސެނަގާލް ބަލިކޮށް ނޯވޭ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

THE TRAVELLER AD

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ނޯވޭ ކުޅުނު ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން އިރާގް އަތުން މޮޅުވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ސެނަގާލް ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނޯވޭ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކަސް ޕެޑަސަން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނޯވޭ ކުރީގަައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ނޯވޭ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެރްލިން ހާލަންޑް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ސެނަގާލްގެ އިސްމާއިލާ ސާ ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން ނޯވޭއަށް ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިސްމާއިލާ ސާ ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ ދެވަނައިގައި ނޯވޭ އޮތްއިރު، މިމެޗުން ބަލިވި ސެނަގާލް އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ލަނޑުގެ ތަފާތުން މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ.

ކޮމެންޓް
ފަހުގެ
HDC