
ވޯލްޑްކަޕް: މެސީ ރެކޯޑް ހެދިއިރު، އާޖެންޓީނާ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026މެސީ (ވ) އެންޒޯ ފެނާންޑޭސް އާއެކު އުފާފާޅުކުރަނީ..
ފީފާ ވޯލްޑްކަޕް ގުރޫޕް ޖޭގައި މިރޭ އޮސްޓިއާ 2-0 ގެ ނަތީޖާއަކުން ބަލިކޮށް ބާކީ އެއްމެޗު އޮއްވައި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން އަލްޖީރިއާ އަތުން މޮޅުވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި އޮސްޓްރިއާ ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ޖޯޑަން ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާޖެންޓީނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ލީޑު ހޯދުމަށް ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީ އެއްވެސް ލިބުނެވެ. ނަމަވެސް ކެޕްޓަން ލިއޮނަލް މެސީ ކުރިއަށް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ 38 ވަނަ މިނެޓުގައި މެސީ ވަނީ ލަނޑެއް ކާމިޔާބުކޮށް އާޖެންޓީނާއަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ ޝަރަފު މެސީ ހޯދިއިރު، ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިން ލަނޑާއެކު މެސީ ވަނީ މިރެކޯޑް އިތުރަށް ފުޅާކޮށްފައެވެ. އަދި މިއީ ވޯލްޑްކަޕްގައި މެސީ ކުޅުނު 28 މެޗުގައި އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން 18 ވަނަ ލަނޑެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން އާޖެންޓީނާއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮސްޓްރިއާ އިން ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.
ގުޅުންހުރި

ވޯލްޑްކަޕް: މެސީ ރެކޯޑް ހެދިއިރު، އާޖެންޓީނާ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް

ވޯލްޑްކަޕް: ކޮންގޯ އިން ޕޯޗުގަލް މޮޅުވިޔަނުދީ ހިފަހައްޓައިފި

ވޯލްޑްކަޕް: މެސީގެ ހެޓްރިކާއެކު ޗެމްޕިއަން އާޖެންޓީނާ އިން އަލްޖީރިއާ ބަލިކޮށްފި




