logoEN
WAMCO TOP 1

ވިލުންވެށި ގްރާންޓް ޕްރޮގްރާމް އިފްތިތާހްކުރުމުގެ ތެރެއިން

"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

THE TRAVELLER AD

މިއީ މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި އުސޫލުތަކުން ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ގްރާންޓް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފެވެ.

މި ޕްރޮގްރާމަކީ، ވިލުންތެރި އާ އީޖާދުތަކާއި ޑިޖިޓަލް ވަސީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މި މަޝްރޫއު ކުރިއަށްގެންދަނީ އެސް.އެމް.އީ ޑިޖިޓަލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެންނެވެ.މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ، "މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ"ގެ ތެރެއިންނެވެ. މިއީ، މިނިސްޓްރީން ތަންފީޒު ކުރަމުންދާ "އެންހާންސިންގް ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫއުގެ ދަށުން، މޫސުމީ ނުރައްކާތަކުން ތިމާވެއްޓާއި މުޖުތަމައު ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދަައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މެޗިންގް ގްރާންޓް ސްކީމް މެދުވެރިކޮށް، ކާނާއާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ޑިޖިޓަލައިޒޭޝަން ފަދަ އިސްކަންދޭ ދާއިރާތަކަށް ޢަމަލީ ގޮތުން އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރި އެވެ.މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގުސަދަކީ އާ އީޖާދީ ހިޔާލުތައް ތަންފީޒުކުރުމަށް ކުރިމަތިވާ މާލީ ހުރަސްތައް ނައްތާލައި، ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާއަތްތަކާއި، އީޖާދީ މަސައްކަތްކުރާ ޒުވާނުންނާއި އަންހެނުންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް
ފަހުގެ
HDC