
ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރުމަށް ތައްޔާރު!
# މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ--
ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރުމަށް ތައްޔާރު ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ 3 ވަނަ ޔޫއެން އޯޝަން ކޮންފަރެންސްގައި ކުރިޔަށް ދިޔަ "އިނޮވޭޓް، އިންވެސްޓް، އިންސްޕަޔަރ: ޑްރައިވިންގ ޕްރައިވެޓް ސެކްޓަރ ޕާޓްނަރޝިޕްސް ފޮރ އޯޝަން އެކްޝަން އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" ސައިޑް އިވެންޓުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
މި ބައްދަލުވުމަކީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯއެސްއައިއެސް)، ދިވެހި ސަރުކާރު، ލެޓްވިއާގެ ސަރުކާރު، އަދި އައަރލެންޑްގެ ސަރުކާރާއި، ޔޫއެން-އޯއެޗްއާރްއެލްއެލްއެސް ގުޅިގެން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކަށް ކަނޑު ވަރަށް މުހިންމު ކަމަށާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.
މި އިވެންޓާއި ގުލޭގޮތުން މިނިސްޓްރީން ބުނީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ޚާއްސަ އިސްކަމެއް ދެމުންދާ ކަމަށާއި މި ދާއިރާއިން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ މުހިންމު ދައުރު މިނިސްޓަރުގެ ވާހަކަފުޅުން ދޭހަވަގެންދާ ކަމަށެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުން ފެންނަނީ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަދާކުރާ ޙަރަކާތްތެރި ދައުރުކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ވިލުންވެށި ގްރާންޓް ޕްރޮގްރާމް އިފްތިތާހްކޮށްފި

އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ބީބީއެންޖޭ އެއްބަސްވުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އދ އާއިއެކު މަޝްވަރާކޮށްފި




