logoEN
WAMCO TOP 1
އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

7/16/2025, 4:44:30 PM

# މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

--

އިންޓަރނޭޝަނަލް ސޯލާ އެލަޔަންސްގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދީ ކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައި، ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

THE TRAVELLER AD

މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރެއްވީ ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުޢާވިޔަތު މުޙައްމަދު އެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 15 އިން 17 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި، ސަރަހައްދީ ގައުމުތަކުން ސޯލާ ހަކަތައިގެ ދާއިރާގައި ކުރިއެރުން ހޯދުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައި އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ސޯލާ ހަކަތައިގެ ބޭނުން އިތުރުކޮށް، ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމްތައް ބިނާކުރުމަށް އެއްބާރުލުންދިނުމެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް ސޯލާ ހަކަތައިގެ މުހިންމުކަން މި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައި އެވެ.

މިނިސްޓްރީން ބުނީ ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސީދާ އަސަރު ކުރާ ކުޑަ ޖަޒީރާ ގައުމެއްކަމުން، އިޔާދަކުރަނިވި ހަކަތައަށް ރާއްޖެއިން ޚާއްސަ އިސްކަމެއް ދޭ ކަމަށާއި މި ބައްދަލުވުމުގައި ޑރ. މުޢާވިޔަތު ބައިވެރިވެވަޑައިގެންނެވުމަކީ، ރާއްޖެއިން ސޯލާ ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި،ސަރަހައްދީ ގައުމުތަކާއެކު އެކަމުގައި އެއްބާރުލުން ދިނުމަށް ދެމުންދާ އަހައްމިއްޔަތު އަންގައިދޭ ކަމެއް ކަމަށެވެ.

މި ބައްދަލުވުމުން ލިބުނު މަޢުލޫމާތާއި ތަޖުރިބާ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ހަކަތައިގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އެހީތެރިވެދޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

ކޮމެންޓް
ފަހުގެ
HDC