logoEN
WAMCO TOP 1
ބީބީއެންޖޭ އެއްބަސްވުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އދ އާއިއެކު މަޝްވަރާކޮށްފި

ބީބީއެންޖޭ އެއްބަސްވުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އދ އާއިއެކު މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

6/14/2025, 3:08:53 PM

# މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

--

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް، އ.ދ.ގެ ޤާނޫނީ ކަންކަމާ ބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި ލީގަލް ކައުންސެލް އެލިނޯ ހަމަރޝޯލްޑް އާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

THE TRAVELLER AD

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، އޯޝަން އެފެއާޒް އަދި ލޯ އޮފް ދަ ސީގެ ޑިވިޝަންގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޑިވިޝަނުން މިހާރު ދަނީ ބީބީއެންޖޭ (BBNJ) އެއްބަސްވުމުގެ ވަގުތީ ސެކްރެޓޭރިއެޓްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ބީބީއެންޖޭ އެއްބަސްވުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަމާއި، ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކަށް ލިބެންހުރި ޤާބިލުކަން އިތުރުކުރުމުގެ ފުރުޞަތުތަކާ ބެހޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ ޤައުމަކަށް ވުމާއެކު، ބީބީއެންޖޭ އެއްބަސްވުން ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިކަމުގައި އ.ދ.ގެ އެހީތެރިކަން ލިބުމަކީ ރާއްޖެއިން އުފަލާއެކު ބަލައިގަންނަ ކަމެއްކަމަށް ވިދާޅުވިއެވެ.

ބީބީއެންޖޭ އެއްބަސްވުމަކީ ޤައުމީ އިޚްތިޞާޞްގެ ބޭރުގައިވާ ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނިވި ބޭނުންކުރުމާއި ޙިމާޔަތްކުރުމާ ގުޅޭ ބައިނަލްއަޤްވާމީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް، އޭގެ މަންފާ ހަމަހަމަކަމާއެކު ބެހިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC