logoEN
WAMCO TOP 1
ވީއައިއޭގައި ފަސިންޖަރުންނަށް އަރާމުކުރާ އަދި ހިދުމަތް ލިބޭ އާ ޖާގައެއް ހުޅުވައިފި

ވީއައިއޭގައި ފަސިންޖަރުންނަށް އަރާމުކުރާ އަދި ހިދުމަތް ލިބޭ އާ ޖާގައެއް ހުޅުވައިފި

# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު# އެމްއޭސީއެލް

ވީއައިއޭގެ އާ ޖާގައިގެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ވެއިޓިންގް އޭރިއާ- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި އެމްއޭސީއެލް އިން ފަސިންޖަރުންނަށް އަރާމުކުރާ އަދި ހިދުމަތް ލިބޭ އާ ޖާގައެއް ހުޅުވައިފި އެވެ.

THE TRAVELLER AD

މި މަހުގެ 25 ވަނަ ދުވަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވީއައިއޭގެ ޓާމިނަލް 1 ގައި ދަތުރުވެރިންނަށް ފަސޭހަވާހެން މި އާ ޖާގަ ބޭނުންކުރަން ފަށާފައިވާއިރު، މިއީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމްއޭސީއެލް އިން ބުނީ މި ޖާގައާއެކު ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ސަރަހައްދެއް އިތުރުވެފައިވާ ކަަމަށެވެ. އަދި މި ތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށް ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ މާހައުލެއް ލިބޭނެ ގޮތައް ކަމަށެވެ.

މި ޖާގައިގައި ކުޑަކުދިންނަށް ހާއްސަ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ތަރައްގީކޮށްފައިވާއިރު، އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނޭ ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ. މިއީ ޓާމިނަލް 1 އިން ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

މީގެއިތުރުން އެމްއޭސީއެލުން ބުނީ މި ޖާގައި ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ކައުންޓަރެއް ގާއިމްކޮށްފައިވާއިރު، މި ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

undefinedވީއައިއޭގެ އާ ޖާގައިގެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ކައުންޓަރު- ފޮޓޯ: އެމްއޭސީއެލް

މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ހިދުމަތްތައް ތަރައްގީކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޒަމާނީ، ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެ، އަދި ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ.

ކޮމެންޓް
ފަހުގެ
HDC