ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފެށުމުގެ ތެރެއިން- ފޮޓޯ: ވީއައިއޭ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދެމުން އަންނަ ސީ-ޓު-އެއާ ކާގޯ ހިދުމަތް ފުޅާކޮށް، ފުރަތަމަ ފަހަރަށް ކެމްބޯޑިއާއިން މުދާ އެހެން މަންޒިލަތަކަށް ފޮނުވުމުގެ ހިދުމަތް ފަށައިފި އެވެ.

އެމްއޭސީއެލުން ބުނީ ކެމްބޯޑިއާއިން ރާއްޖެ ގެނައި ފުރަތަމަ ޝިފްމަންޓް ވައިގެ މަގުން މިހާޜު ޤަތަރު އެއާވޭސް އިން ފޮނުވާލާފައިވާ ކަމަށެވެ.
ކެމްބޯޑިއާއިން ގެނައ މުދާ ވައިގެ މަގުން ފޮނުވާލާފައިވަނީ ސީއީއެފް ލޮޖިސްޓިކްސް މެދުވެރިކޮށް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ކެމްބޯޑިއާއިން ރާއްޖެއަށް އަދި ރާއްޖެއިން ވިލާތުގެ މަންޒިލްތަކަށް ވައިގެ މަގުން މުދާ އުފާލަމުންދާއިރު، މިއީ އޭޝިއާ ބައްރާއި ވިލާތު ގުޅުވާލުމަށް ރާއްޖެއިން އަދާކުރަމުންދާ ދައުރުގެ ތެރެއިން ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ސީ-ޓު-އެއާ ކާގޯ ހިދުމަތް ފުޅާކޮށް ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން އެހެން މަންޒިލްތަކަށް ފޮނުވާލިއިރު، ކެމްބޯޑިއާއަކީ މި ހިދުމަތުގެ ތެރެއިން މުދާ ގެންނަން ފެށި 4 ވަނަ ޤައުމެވެ.
ސީ-ޓު-އެއާ ކާގޯ ޚިދުމަތަށް މުދާ ގެންނަ މަންޒިލްތައް
1. އިންޑިއާ2. ސްރީލަންކާ3. ބަންގްލަދޭޝް4. ކެމްބޯޑިއާ
ސީ-ޓު-އެއާ ކާގޯ ހިދުމަތް ފުޅާވެގެން އައިސްފައިވާއިރު، މިދިޔަ މަހު މި ހިދުމަތް މެދުވެރިކޮށް 335 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ގުޅިގެން ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ގުޅުންހުރި
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވީއައިއޭގައި ފަސިންޖަރުންނަށް އަރާމުކުރާ އަދި ހިދުމަތް ލިބޭ އާ ޖާގައެއް ހުޅުވައިފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ޤައުމީ މުހިންމު އިދާރާތަކާއެކުއެމްއޭސީއެލް އިން ފަހުމުނާމާތަކުގައި ސޮއިކޮއްފި




