logoEN
WAMCO TOP 1
ވޯލްޑްކަޕް: މެސީގެ ހެޓްރިކާއެކު ޗެމްޕިއަން އާޖެންޓީނާ އިން އަލްޖީރިއާ ބަލިކޮށްފި

ވޯލްޑްކަޕް: މެސީގެ ހެޓްރިކާއެކު ޗެމްޕިއަން އާޖެންޓީނާ އިން އަލްޖީރިއާ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

6/17/2026, 2:40:45 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026

ލިއޮނަލް މެސީ

ފީފާ ވޯލްޑްކަޕް ގުރޫޕް ޖޭގައި މިއަދު ހެނދުނު އަލްޖީރިއާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

THE TRAVELLER AD

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއެވެ.

އެގޮތުން ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އަލްޖީރިއާގެ ކީޕަރު ލޫކަސް ޒިދާންއަށް ހެދުނު ގޯހެއްގެ ފައިދާނަަގައި މެސީ އާޖެންޓީނާގެ ލީޑު ފުޅާކޮށްދިންއިރު، ވޯލްޑްކަޕްގައި މެސީ ފުރަތަމަ ހެޓްރިކް ފުރިހަމަކުރި ލަނޑު ކާމިޔާބުކުރީ މެޗުގެ 76 ވަނަ މިނެޓުގައެވެ. އަދި މިމެޗުގައި ކާމިޔާބުކުރި ލަނޑުތަކާއެކު އާޖެންޓީނާގެ ޖާޒީގައި ކުޅުނު 200 މެޗުގައި މެސީ ވަނީ މިހާތަނަށް ގައުމީ ޓީމަށް 120 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ވޯލްޑްކަޕްގައި ކުޅުނު 27 މެޗުގައި މެސީ ވަނީ މިހާތަނަށް 16 ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ޖަރުމަނުގެ ކްލޯސޭގެ ރެކޯޑާއި އަރައި ހަމަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC