
-
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސީ ހަރަކާތްތަކާއި އިދާރީ ހިންގުން އައު މިސްރާބަކަށް ގެންދިއުމަށްޓަކައި، އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޚާއްޞަ ”ބޮޑު ބަދަލު“ އޮފީސް މިއަދު ރަސްމީކޮށް ޤާއިމުކޮށްފިއެވެ.

މި އޮފީހަކީ 2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންގެ ބޮޑު އަޣްލަބިއްޔަތަކުން ފާސްކުރައްވާފައިވާ ނިންމެވުމާ އެއްގޮތަށް ޤާއިމުކުރި އޮފީހެކެވެ.
މި އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް އަދި ޤާނޫނީ ވަކީލެއް ކަމަށްވާ އަލްއުސްތާޛް ޙަސަން ލަޠީފެވެ. ޙަސަން ލަޠީފަކީ މީގެ ކުރިންވެސް ޕާޓީގެ މުހިންމު ސިޔާސީ އަދި އިދާރީ މަޤާމުތަކެއް ފުރުއްވައި، ގިނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
މިއީ ކުރިއަށް އޮތް ސިޔާސީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެމްޑީޕީގެ އެތެރޭގެ އޮނިގަނޑަށް ގެނެވުނު މުހިންމު އިޞްލާޙީ ބަދަލެކެވެ.
އަލަށް ހުޅުވުނު ”ބޮޑު ބަދަލު“ އޮފީހުގެ މައިގަނޑު އަސާސަކީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް މުހައްމަދު ނަޝީދު ވާދަކުރެއްވިއިރު، އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒު އިސްމާއީލް ނެރުމަށް ތާއީދުކޮށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ޚާއްޞަ މެނިފެސްޓޯއާ ގުޅުންހުރި މަސައްކަތްތަކެވެ. އެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވޭ ނިޒާމަކަށް ބަދަލު ކުރުމެވެ.
މިދިޔަ އޭޕްރިލް 19 ގައި އެ ބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިފްތިތާހުކުރި މެނިފެސްޓޯގެ ޕްރެޒެންޓޭޝަންގައިވާ ގޮތުން، މި "ބޮޑު ބަދަލު" ގެ ދަށުން ގެންނަން ނިންމާފައިވާ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ވަކި ދެ މަގާމަކަށް ވެގެންދާނެއެވެ.
ގުޅުންހުރި

”ބޮޑު ބަދަލު“ އޮފީސް ރަސްމީކޮށް ޤާއިމުކޮށްފި، އިސްވެރިއަކަށް ހަސަން ލަތީފް!

އެމްޑީޕީގެ ކުރިމަގު ބައްޓަންކުރަން އާންމު މެންބަރުންނަށް ބޮޑު ފުރުޞަތެއް: 23 ދާއިމީ ކޮމިޓީއަކަށް މެންބަރުން ހޮވަނީ!

ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީގެ ޗެއާޕާސަންއަކަށް ރައީސް ނަޝީދު!




