
-
މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ހިންގުން ބަދަލުކުރުމަށް މިއަދު ބޭއްވުނު ފޯރިގަދަ އަދި ވާދަވެރި އިންތިޚާބު، ޕާޓީގެ ފުރަތަމަ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވައި، އެ ޕާޓީގެ އައު ޗެއަރޕާސަންގެ މަޤާމު ކަށަވަރު ކުރައްވައިފިއެވެ.

އިންތިހާބުގެ ގިނަ ވޯޓު ފޮށިތަކެއް މިހާރު ގުނާ ނިމިފައިވާއިރު ރައީސް ނަޝީދު އާއި އެމަނިކުފާނާއި ވާދަކުރެއްވި މީކާއީލް ނަސީމްއާއި ދެމެދު ބޮޑު ފަރަގެއް އެބައޮތެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސް ނަޝީދުގެ ކެމްޕޭން ޓީމުންނާއި ޕާޓީގެ ސަޕޯޓަރުން މިހާރު އަންނަނީ އުފާފާޅުކުރުންތައް ފަށާފައި އެވެ.
ޖުމްލަ 48،912 މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންދިޔަ މި އިންތިޚާބަކީ، ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވުނު އިންތިޚާބެކެވެ.
މިއަދާ ހަމައަށް ޕާޓީ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
ރައީސް ނަޝީދު ރަސްމީކޮށް ޗެއަރޕާސަންކަމުގެ ޒިންމާތަކާ ކުރިއަށް އޮތް ދުވަސްތަކުގައި ހަވާލުވެވަޑައިގަންނަވާއިރު، މިއީ އެމްޑީޕީގެ ސިޔާސީ މިސްރާބަށް ބޮޑު ބަދަލެއް އަންނާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.
ގުޅުންހުރި

ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީގެ ޗެއާޕާސަންއަކަށް ރައީސް ނަޝީދު!

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ވޯޓު ގުނުން ކުރިޔަށް، މިހާތަނަށް ކުރީގައި އުޅުއްވަނީ ރައީސް ނަޝީދު!

ފޯރިގަދަ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފެށިގެން ކުރިޔަށް!




